Vaifulhi alhaigen endhaman feybi meehaku maruvejje
image
ކޮނޮއްޓާ ކައިރި
ސީއެންއެމް
0 ކޮމެންޓް
 

ވައިފުޅި އަޅައިގެން އެންދަމަން ފޭބި މީހަކު މަރުވެއްޖެ

މަސްދޯންޏަކުން ތިލަޔަކަށް މިއަދު ހަވީރު އެންދަމަން ފޭބި މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ގއ ކޮނޮއްޓާ ކައިރީ ގިރިއަކަށް އެންދަމަން ފޭބި 45 އަހަރުގެ ހުސައިން ޒިޔާދު އެވެ. އައްޑު އަތޮޅަށް ނިސްބަތްވާ ޒިޔާދުއަކީ މަސް ދޯންޏެއްގެ ކެޕްޓަނެކެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:30 އެހާއިރު އެންދަމަން ފޭބި ޒިޔާދުގެ ހަބަރެއް ނުވެގެން ބެލިއިރު އޭނާ މޫދު އަޑީގައި އޮއްވައި ފެނިފައިވާ ކަމުގައެވެ. އަދި އޭނާ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ހިޔާލު