Pakistan ge Askaree Mathindhaa Boateh Vetti 17 Meehaku Maruvejje
image
ބޯޓު ވެއްޓުނު ސަރަހައްދު-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ޕާކިސްތާނުގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ

އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ޕާކިސްތާނުގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ވެރިރަށް އިސްލާމް އާބާދު ކައިރީގައި އޮންނަ ރާވަލްޕިންޑީ ގައެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ވެއްޓިފައި ވަނީ އަސްކަރީ ތަމްރީނުތަކުގައި ބޭނުން ކުރާ ކުޑަ މަތިންދާ ބޯޓެކެވެ. ބޯޓު ވެއްޓުމުގެ ސަބަބުން މަރުވެފައިވަނީ ބޯޓުގައި ތިބި ސިފައިންގެ ފަސް މީހަކާއި، އާއްމުންގެ 12 މީހެކެވެ. އިތުރު 12 މީހަކު ޒަހަމުވެފައި ވާތީ އެމީހުންނަށް ފަރުވާ ދެމުންދާ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެ އެވެ.

މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ބޯޓު ވެއްޓުނު އިރު ވެސް ބޯޓުގައި ހުރީ އަލިފާން ރޯވެފަ އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެ އެވެ. ރާވަލްޕިންޑީއަކީ ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތައް ގިނަ އަވަށެކެވެ.
ޕާކިސްތާން
ހިޔާލު