ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
ސިޔާސީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
30 ޖުލައި 2019
0 ކޮމެންޓް
Tweet
ކުރީގެ ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގައި އެމަނިކުފާނުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭ ދިފާއީ ހެކިން އިއްޔެ ކޯޓަށް ހުށަހަޅައިފި އެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޔާމީންގެ ޝަރީއަތް އެންމެ ފަހުން ކުރިއަށް ގޮސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށްގެން ކުރިއަށްގެން ދިޔަ އެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއީ ހެކިން ހުށަހަޅަން ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި ހެކިންގެ ހެކިބަސް ނެގުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވަނީ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އިއުލާން ކުރައްވާފަ އެވެ.
މި މައްސަލާގައި ދައުލަތުގެ ފަރާތުން ވަނީ ހެކިންގެ ގޮތުގައި ހަސަން ލުތުފީ، މުއައްވިޒު، މުހައްމަދު ވަސީމް އިސްމާއިލް، އަދީބު، މޫސާ ޒަމީރު، މުހައްމަދު ލުވައިޒު، މުހައްމަދު ޝަރީފް، އަބްދުﷲ ޒިޔާތު ދައުލަތުން ވަނީ ހުށަހަޅާފައި. ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުން، ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެ އެވެ. އޭގެ އިތުރުން ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ގުޅުންހުރި
މަނީ ލޯންޑްރިން
ކްރިމިނަލް ކޯޓް
ރައީސް ޔާމީން
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ފުލުހުން ބަންދު ކުރި މީހަކަށް އަނިޔާކޮށް 'އިނގިލި ބިންދާލައިފި'
8 ގަޑިއިރު ކުރިން
މުލިއާގެއަށް 100 އަހަރު
8 ގަޑިއިރު ކުރިން
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކާކުތޯ އަދި ނުނިންމަން: ނަޝީދު
8 ގަޑިއިރު ކުރިން
ސަލަފް އަދި އެމްޑީއެންވެސް އުވާލައިގެން ނުވާނެ: ނަޝީދު
9 ގަޑިއިރު ކުރިން
ރޭ މުޒާހަރާއިން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް
10 ގަޑިއިރު ކުރިން