Jazeeraa Raajje tha? Noonee Corporate Raajje tha?
image
ޖަޒީރާ ރާއްޖެ ކޮންސެޕްޓުގެ ޕޯސްޓަރެއް--
1 ކޮމެންޓް
 

ޖަޒީރާ ރާއްޖެތަ؟ ނޫނީ ކޯޕަރޭޓް ރާއްޖެތަ؟

ޖަޒީރާ ރާއްޖެ އަކީ ވަރަށް ހިތްގައިމު ވިސްނުމެކެވެ. އެހެން ބުނުމުން ސިފަވަނީ ރައްޔިތު މީހާ އަމިއްލަ ރަށުގެ ހުދު ދޮންވެލި ގަނޑުގައި، އަމިއްލަ ގޭގެ ތަނަވަސް ގޯތި ތެރޭގައި ހަމަޖެހިލައިގެން ދިރިއުޅޭ މަންޒަރެވެ. ޖަޒީރާ ރާއްޖެ އަށް އިތުރު ފުރިހަމަ ކަމެއް އަންނަނީ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ކަމުގެ ވައުދާ އެކުގަ އެވެ.
އެކަމަކު ބައެއް މީހުންނަށް ޖަޒީރާ ރާއްޖެ ސިފަވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެއީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖެވެ. މާލެ ސަރަހައްދަށް އިތުރަށް މީހުން ގިނަ ކުރުމެވެ. ރަށު ފަތުރުވެރިކަމަށް ލޯކަލް ކައުންސިލަށް ބާރު ދިނުމުގެ ބަދަލުގައި ބީލަމުގެ އުސޫލުން މަހުޖަނުންނަށް ރައްޔިތުމީހާގެ އަގުހުރި ބިންކޮޅު ދިނުމެވެ.

މިއީ އިންސާނުންނަކީ ތަފާތު ބަޔަކަށް ވުމުން ނިކުތް މައްސަލައަކަށް ވެދާނެ އެވެ. ތަފާތު މީހުންނަށް ވިސްނޭނީ ތަފާތުކޮށެވެ. ސިފަވާނީ ވެސް ތަފާތުކޮށެވެ. ކޮންމެ ގޮތަކަށް ޖަޒީރާ ރާއްޖެ ސިފަ ވިޔަސް، ދެރައީ ރައްޔިތުމީހާގެ ޖީބު ފުރޭނެ ކަމަށް ބުނެ، މަހުޖަނުންގެ ޖީބު ފުރޭނެ ފަދަ ނިންމުންތައް ނިންމާތަން ފެންނާތީ އެވެ.

މިއީ ހަމައެކަނި އަޅުގަނޑުގެ ހިޔާލެއް ނޫނެވެ. އަޅުގަނޑާއި ވާހަކަދެއްކި އެތައް ބަޔެއްގެ ހިޔާލެވެ. ސޯޝަލް މީޑިއާގައި ލޯ ހިންގާލިޔަސް، ހަމަ މި ހިޔާލު ފާޅުކޮށްފައިވާ އެތައް ދިވެހިންނެއް ފެންނާނެ އެވެ. ދެރައެއް ނޫން ހެއްޔެވެ؟ އެންމެން ވޯޓު ދިނީ އުއްމީދީ ޖަޒީރާ ރާއްޖެ އަށެވެ. އެކަމަކު އަދި މި ލިބެނީ ކޯޕަރޭޓް ރާއްޖެ އެވެ. "ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވާ ހިންގާ ކޯލިޝަނު ސަރުކާރުން މި ދަނީ ލާމަރުކަޒީ ރާއްޖެއަކަށް ނޫން. މިރޭ އެމީހުން އެކަން ޔަގީންކޮށްދީފި. އެ މަސައްކަތް ކުރަނީ ޖަޒީރާ ރާއްޖޭގެ އުސޫލުތަކާއި ދެކޮޅަށް އަދި އެޖެންޑާ 19 ބޭނުން ކުރީ ވޯޓު ހޯދަން،" މީހަކު ބުނެފައި ވެއެވެ. "ބީލަން އުސޫލުން ރަށުގެ އެންމެ ރީތި ބިންކޮޅު ވިއްކާލީމާ ރަށު ޖީބަށް ޑޮލަރު ބޯކޮށް ވަންނާނެ،" އެހެން މީހަކު މަލާމާތަށް ބުނެފައި ވެއެވެ. "އަހަރުމެން ރަށުން ބޯހިޔާވަހިކޮށްލަން ޖިފުޓި ގަނޑެއް އަޅާލާނެ ބިންކޮޅެއް، ނުލިބިގެން އުޅެނިކޮށް އަހަރުން ރަށުން ޓޫރިޒަމަށް ބިން ދޫކުރަން ތިބޭފުޅާ އަށް ނިންމެނީ ކިހިނެއް؟،" އިތުރު މީހަކު ބުނެފައި ވެއެވެ.

ހިޔާލު

ފަޒީލާ

ނޫން.. ކިޔަންވީ ސިހުރު ރާއްޖެއޭ ކަރަޕްޓު ރާއްޖެ..ހަސަދަ ރާއްޖެ.. ސަދޫމް ރާއްޖެ.. ކުޅީގެ ރާއްޖެ.. ސޭކު ރާއްޖެ.. ވަހުޝީ ރާއްޖެ.. ޑުރަގު ރާއްޖެ..