Hiyaa ge muvazaffun thamreen kuran fashaifi
image
ހުޅުމާލޭގައި އިމާރާތް ކުރި ކުޑަކުދިންގެ ހިޔާ-- ފޮޓޯ: ޕީއެސްއެމް ނިއުސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކުޑަކުދިން ބަލަހައްޓާނެ ގޮތްތަކާއި ގުޅޭ ގޮތުން ހިޔާގެ މުވައްޒަފުންނަށް ތަމްރީން ދޭން ފަށައިފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ކަންކަން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމުތަކެއް އެބަ ހިންގަ އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ ފުރާވަރު ކުދިން ގެންގުޅޭ ގޮތުގެ 16 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިޔާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ޕްރޮގްރާމުގައި ހިޔާގެ 50 އޮފިޝަލަކު ބައިވެރިވި އެވެ.

އޭގެ އިތުރުން ވެސް ވަނީ ހިޔާގެ މުވައްޒަފުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޕްރޮގްރާމެއް ހިންގާފަ އެވެ. އަދި ބިހޭވިއާ މެނޭޖްމަންޓް ވޯކްޝޮޕުގައި ހަތަރު ޗައިލްޑް ކެއާ ސުޕަވައިޒަރުން ބައިވެރިވި އެވެ.

ޗައިލްޑް ކެއާގެ ހިދުމަތްދޭ މުވައްޒަފުންނަށް ދެ ބަޔަކަށް ބަހާލައިގެން ތަމްރީން ކުރިއަށް ގެންދިޔަ އެވެ. ފުރަތަމަ ބެޗުގައި 16 މުވައްޒަފުން އަދި ދެ ވަނަ ބެޗުގައި ވަނީ 17 މުވައްޒަފަކު ތަމްރީނު ކޮށްފަ އެވެ. ބޭސިކް ބޮޑީ ލޭންގުއެޖް ދަސްކޮށްދިނުމަށް ބޭއްވި ޕްރޮގްރާމުގައި ފަސް މުވައްޒަފުން ބައިވެރިވި އެވެ.

ދާދި ފަހުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ ތަންތަނުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މުވައްޒަފުންނަށް ތަމްރީނުދޭން ފަށާފައިވާ ކަމަށެވެ.
ހިޔާލު