Aamunge faraathun JSC ah kurimathilee 3 meehaku
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
0 ކޮމެންޓް
 

އާއްމުންގެ ފަރާތުން ޖޭއެސްސީ އަށް ކުރިމަތިލި ތިން މީހުންގެ ނަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި

ރައްޔިތުން ތަމްސީލް ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާނެ މެމްބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން ކުރި އިއުލާނާއި ގުޅިގެން އާއްމުންގެ ތިން ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެ ފަރާތްތަކުގެ ނަންތައް އިއުލާން ކޮށްދެއްވީ މަޖިލީހުގެ އަމީން އާއްމެވެ. އެ މަގާމަށް ކުރިމަތިލި ފަރާތްތަކަކީ އަލްއުސްތާޒް ޚާލިދް ގާސިމާއި އަލްއުސްތާޒް ޒުބައިރް އަހްމަދް މަނިކު އަދި އަލްފާޟިލާ މިރްފަތް ފާއިޒެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، މިހާރު މެމްބަރު ކަމުގައި އިންނެވި އަބްދުލް ހަންނާނު އަހްމަދުގެ ދައުރުގެ މުއްދަތު ހަމަވާތީ އެވެ.

ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ޖޭއެސްސީ ގައި އިންނަން ވާނެ ކަމަށެވެ.
ހިޔާލު