Dhaulathuge belumuge dhashuga vaa kudhinnah Quran kiyavaidheyn ebbasvumehga soikoffi
image
ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ގުރުއާން ކިޔަވައިދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި ޖެންޑާ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ގައި ސޮއިކުރީ ކުދިންނަށް ގުރުއާން އުނގަންނައި ދިނުމަށާއި، ކުދިންނާއި މުވައްޒަފުން ދީނީ ކަންކަމަށް ހޭލުންތެރި ކުރުވުމަށް ކަމަށެވެ.

އޭގެ އިތުރުން ވެސް އަންހެން ކުދިންނާއި ފިރިހެން ކުދިން ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށް ފަންނީ ބޭފުޅުންނާއެކު ސެޝަން ނަގާފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހާއްސަ ޕްރޮގްރާމުތަކެއް ހިންގަން ފެށި ކަމަށެވެ.

އެގޮތުން އަމާން ހިޔާގެ ހުރިހާ އަންހެން ކުދިންނަށް ދެ ދުވަހުގެ ފަން ޑޭ ކޭމްޕެއް ގާލް ގައިޑްގެ ފަރާތުން ވަނީ ހިންގައި ދީފަ އެވެ.

އަދި އަމާން ހިޔާގެ ފަސް ކުއްޖަކަށް އެއް ދުވަހުގެ ބިއުޓީ ކޯހެއް ވެސް ހިންގާފައި ވާއިރު ދުންތަފުގެ ނުރައްކަލާ ގުޅޭ ގޮތުން ހުރިހާ ކުދިންނަށް ސެޝަނެއް ނަގައިދީފައި ވެއެވެ.
ހިޔާލު