Maabandu Kamah Dhehki Vaahaka Anushka Dhogu Koffi
image
އަނުޝްކާ--
0 ކޮމެންޓް
 

މާބަނޑު ކަމަށް ދެއްވި ވާހަކަ އަނުޝްކާ ދޮގުކޮށްފި

ބޮލީވުޑުގެ ތަރި އަނުޝްކާ ޝަރުމާ މާބަނޑު ކަމަށް ދެއްކި ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީއާ އަނުޝްކާ ކައިވެނިކޮށްފައި ވާއިރު މީގެ ކުރިން ވެސް އަނުޝްކާ މަބަނޑު ކަމަށް ދެއްކި ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް އަނެއްކާ ވެސް އެވާހަކަތައް ފެތުރިފައި ވާއިރު އަނުޝްކާ ބޮލީވުޑާ ދުރަށް ގޮސްފައި ވަނީ މާބަނޑުވުމުން ކަމަށް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ވަނީ އެ ހަބަރު އަނެއްކާ ވެސް ދޮގުކޮށްފަ އެވެ.

އަނުޝްކާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު 'ޒީރޯ' ގައެވެ. އެ ފިލްމުން އޭނާގެ ރޯލަށް ގިނަ ބަޔަކު ތައުރީފުކޮށްފައި ވާއިރު އޭނާ ވަނީ މިދިޔަ އަހަރު ނެރުނު އިތުރު ތިން ފިލްމަކުން ފެނިފަ އެވެ.

އަނުޝްކާ އޭނާގެ ކުރިއަށް އޮތް ފިލްމުގައި ފެނިގެން ދާނީ ޕޮލިހެއްގެ ރޯލުންނެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަނުޝްކާ އާއި ވިރާޓު ކައިވެނިކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިޓަލީގަ އެވެ. އެމީހުން ހަނީމޫނަށް ގޮސްފައި ވަނީ އެފްރިކާގެ ކޭޕް ޓައުނަށެވެ.
ހިޔާލު