16 aharuge firihen kujjaku 4 aharuge kujjakah jinsee goanaa koffi
image
0 ކޮމެންޓް
 

ފިރިހެން ކުއްޖަކު ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެރަށުން ސީއެންއެމް އާ ވާހަކަ ދެއްކި މީހަކު ވަނީ އެފަދަ ކަމެއް މީގެ ތިން ދުވަސް ކުރިން އެރަށުގައި ހިނގާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ކައިރި އަވައްޓެރިއެއްގެ ގެއަށް އެ ކުޑަ އަންހެން ކުއްޖާ ކިޔަވަން ގެންދާތާ މިހާރު ދުވަސްތަކެއްވެފައިވާކަން ފާހަގަކޮށް އެމީހާ ބުނީ، އެކުއްޖާ އަށް ޖިންސީ ގޯނާ ކުރީ އެގެއަށް ކިޔަވަން ގެންދިޔަ ދުވަހެއްގައި ކަމަށެވެ.

އަދި ކުއްޖާއާ ބެހުނުކަން މަންމައަށް އެނގުނީ، އެ ދުވަހުގެ ކިޔެވުން ކިހިނެއްތޯ ކުއްޖާއާ ސުވާލުކުރުމުން އެދުވަހު ނުކިޔަވާ ކަމަށް ކުއްޖާ ބުނެ އެ ދުވަހުވީ ކަންކަން ކިޔައި ދިނުމުން ކަމަށް ވެސް އެމީހާ ބުންޏެވެ.

އެމީހާ އިތުރަށް ބުނީ، ލޭގެ އަސަރު ކުޑަކަމުދާއިރު ފެންނާތީ އެކުއްޖާއަށް ގދ. ތިނަދޫ ހޮސްޕިޓަލުން ވެސް ފަރުވާދީފައިވާ ކަމަށެވެ.

އަންހެން ކުއްޖާގެ އާއިލާއިން އެކަން އެދުވަހު ފުލުހުންނަށް ހުށަހަޅާފައި ވާއިރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އިން ވެސް މިހާރު ދަނީ އެ މައްސަލަ ބަލަމުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުން އަންނައިރު މިދިޔަ ޖޫން މަހުގެ ތެރޭގައި އެކަނި ވެސް ޖެންޑާ މިނިސްޓްރީ އަށް ވަނީ ޖިންސީ ހާނިކައިގެ 36 މައްސަލައެއް ހުށަހަޅާފަ އެވެ.
ހިޔާލު