UN ge zuvaanunge mandhoobu Raajje vadaigannavanee
image
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތު، ޖަޔައަތުމާ ވިކްރަމަންޔަކޭ އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު-- ފޮޓޯ: ޔޫތު މިނިސްޓްރީ
0 ކޮމެންޓް
 

އދ. ގެ ޒުވާނުންގެ މަންދޫބު ރާއްޖެ ވަޑައިގަންނަވަނީ

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތު، ޖަޔައަތުމާ ވިކްރަމަންޔަކޭ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ޖަޔައަތުމާ ރާއްޖެ ވަޑައިގަންނަވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުވަތަކަށެވެ. އެ ދައުވަތު އަރުވާފައި ވަނީ ޖޫން 21 އިން 23 އަށް ޕޯޗުގަލްގެ ލިސްބަންގައި ބޭއްވި ވޯލްޑް ކޮންފެރެންސް އިން މިނިސްޓާޒް ރެސްޕޮންސިބިލިޓީ ފޯ ޔޫތު އަދި ޔޫތު ފޯރަމް 2019 ގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގެ ތެރޭގަ އެވެ.

މިއަހަރު ރާއްޖޭގައި ޒުވާނުންގެ ދުވަސް އޯގަސްޓް 12 ގައި ފާހަގަކުރާނީ ނ. ވެލިދޫގަ އެވެ. ޖަޔައަތުމާ އެ ދަތުރަކީ އެދުވަހަށް ހާއްސަކޮށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރެކެވެ.

އޭނާ ރާއްޖެ އަށް ކުރައްވާ ދަތުރުގައި ނައިބް ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާނެ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޒުވާން މެމްބަރުންނާއި ނެޝަނަލް ޔޫތު ކައުންސިލްގެ މެމްބަރުންނާއި ވެސް އޭނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިޔާލު