Youth Tech Fair fashaifi
image
ކުރިން ބޭއްވި ޔޫތު ލީޑާޝިޕް ޕްރޮގްރާމެއްގެ ތެރެއިން-- ފޮޓޯ: ޔޫއެންޑީޕީ
0 ކޮމެންޓް
 

ޔޫތު ޓެކް ފެއާ 2019 ރަސްމީކޮށް ފަށައިފި

ޔޫތު މިނިސްޓްރީން އިސްނަގައިގެން ކޮމިއުނިކޭޝަން މިނިސްޓްރީ އާއި އުގައިލް ފައުންޑޭޝަން ގުޅިގެން ބާއްވާ ޔޫތު ޓެކް ފެއާ 2019 ހުޅުވައިފި އެވެ.
ސޯޝަލް ސެންޓަރުގައި އެ ފެއާ ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިއުނިކޭޝަން، ސައިންސް އަދި ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްރޮފްސަރު ހަސަން އުގައިލް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ފެއާއަކީ ޒުވާނުން ބާރުވެރި ކުރުވުމުގައި ޓެކްނޮލޮޖީގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ ފެއާ އެކެވެ.

އެ ފެއާ މާދަމާ އާއްމު ރައްޔިތުންނަށް ހުޅުވާލުމަށް ހަމަޖެހިފައި ވާއިރު، މާދަމާ ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ފެއާގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު ބައިވެރިޔާ ހޮވުމަށް ނަގާ ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ފެއާ އަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި އުރީދޫން ބާއްވާ ލަކީޑްރޯ އެއްވެސް އޮންނާނެ އެވެ.

ފެއާގެ އެންމެ މޮޅު ބައިވެރިން ހޮވުމަށް ޖަޖިން ޕެނަލެއް އެކުލަވާލާފައި ވާއިރު، އެ ޕެނަލް ލީޑް ކުރައްވާނީ ޕްރޮފެސަރު އުގައިލް އެވެ. ފެއާއިން ހޮވާލެވޭ އެންމެ މޮޅު ފަސް ބައިވެރިންނަށް އުކުޅަސް ޓެކް ފެއާ 2019 ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ހިޔާލު