Bar Councilun Supreme Court ge fandiyaarunnaa bahdhalukohfi
image
ސްޕްރީމް ކޯޓް.
0 ކޮމެންޓް
 

ބާ ކައުންސިލުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށްފި

އަލަށް އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ބިލުން ބާރު ލިބިގެން އުފައްދާފައިވާ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން މިއަދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށްފި އެވެ.
ބާ ކައުންސިލުން ޓްވިޓާގައި ބުނީ، އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން އެ ކޯޓުންގެ ފަނޑިޔާރުންނާ މިއަދު ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ މެމްބަރުން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބާ ކައުންސިލާ ޖުޑިޝަރީއާ އޮންނަ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބާ ކައުންސިލުން ބައްދަލު ކުރި އިރު، އަލަށް އަމަލުކުރަންފެށި ގާނޫނުގެ ދަށުން ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާނީ އެ ކައުންސިލުންނެވެ. މީގެ ކުރިން އެ ކަން ބަލަހައްޓަމުން ދިޔައީ، ސްޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިންގަމުން އަންނަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ސްޕްރީމް ކޯޓުގެ ދަށަށް އެ ކޯޓުން ނިންމައިގެން ބަދަލުކުރި އިރު، ކުރިން އެކަމަށް ގާނޫނީ ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެއީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަކީ ޖޭއެސްސީގެ ދަށުން އޭރު ހިނގަންޖެހޭ ގޮތަށް އޮތް ތަނެއް ނަމަވެސް، ސްޕްރީމް ކޯޓުން އަމިއްލަ އަށް ނިންމައިގެން އެ ކޯޓުގެ ދަށަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެންދިއުމަކީ ގާނޫނީ ވަކީލުންނަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ވެސް ބައެއް ވަކީލުން ބުނެ އެވެ.
ހިޔާލު