Sophie aai Joe ge Kuhthaa Accident ve maruvumun eytheege handhaanugai Tattoo eh
image
ސޯފީ އާއި ޖޯގެ އެމީހުން ގެންގުޅުނު ކުއްތާއާއެކު--
0 ކޮމެންޓް
 

ސޯފީ އާއި ޖޯގެ ކުއްތާ މަރުވުމުން އޭތީގެ ހަނދާނުގައި ޓެޓޫއެއް

ހޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސޯފީ ޓާނާ އާއި އޭނާގެ ފިރިމީހާ، ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސްގެ ގެންގުޅޭ ކުއްތާ ކާރު އެކްސިޑެންޓެއްގައި މަރުވުމާއި ގުޅިގެން އޭތީގެ ހަނދާނުގައި އަތުގައި ކުއްތާއެއްގެ ޓެޓޫ ޖަހައިފިއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ނިއުޔޯކުގައި ހިނގި އެކްސިޑެންޓެއްގައި އެކުއްތާ މަރުވިއިރު އެއީ އެ ދެ މީހުން ވަރަށް ލޯބިން ގެންގުޅެމުން އައި ޖަނަވަރާކެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އެމީހުން ވަނީ އަތަށް ޖެހި ޓެޓޫ ހިއްސާކޮށްފައެވެ.
View this post on Instagram

R.I.P. my little angel.

A post shared by J O E J O N A S (@joejonas) on


ހޮލީވުޑުގައި މަސައްކަތް ކުރާ ސޯފީ، ގިނަ ބައެއްގެ މެދުގައި މަގްބޫލުވެފައި ވަނީ ގޭމް އޮފް ތްރޯންސްގައި ސަންސާ ސްޓާކްގެ ބައި ކުޅުމުންނެވެ. ޖޯއީ އަކީ އެމެރިކާގެ މިއުޒިކް ބޭންޑެއް ކަމަށްވާ ޑީއެންސީއީގެ ލީޑް ލަވަކިއުންތެރިޔާ އެވެ. އަދި އޭނާ ވަނީ "ހަނަ މޮންޓާނާ" ފިލްމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އޭގެ އިތުރުން ޖޯއީ ވަނީ އޭނާގެ ބޭބެމެންނާއެކު "ޖޯނަސް ބްރަދާސް" ގެ ނަމުގައި މިއުޒިކް ބޭންޑެއް އުފައްދާފަ އެވެ. އެކަމަކު 2013 ވަނަ އަހަރު އެ ބޭންޑު ރޫޅުނު އިރު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ އެ ބޭންޑް އެނބުރި އައިސްފަ އެވެ.
ހިޔާލު