Island Aviation in Sifainge Pilot innaai Engineer in thamreenukuranee
image
އައިއޭއެސް އާއި ސިފައިންނާ ދެމެދު އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

އައިލެންޑް އޭވިއޭޝަނުން ސިފައިންގެ ޕައިލެޓުންނާ އިންޖިނިއަރުން ތަމްރީނުކުރަނީ

އައިލެންޑް އޭވިއޭޝަނުން ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީން ކުރުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. އަދި އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުންޏާ އެކު އެމްއެންޑީއެފުން ސޮއި ކުރި އެއްބަސްވުމުގެ ދަށުން ސިފައިންގެ ވައިގެ ހިދުމަތްތައް ފުޅާކުރުމުގައި އެ ކުންފުނިން އެއްބާރުލުން ދޭނެ އެވެ. ސިފައިން ގެންނަ ވައިގެ އުޅަނދުތައް އޮޕަރޭޓްކޮށް މެއިންޓެއިން ކުރުމަށް އެމްއެންޑީއެފްގެ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީނުކުރަނީ އެ އުސޫލުގެ މަތިންނެވެ.

ރާއްޖޭގައި ވައިގެ ސިފައިންގެ ހިދުމަތް ފަށައިގެންފައިވަނީ އިންޑިއާ އިން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި އެކުގަ އެވެ. އެކަމަކު އަދިވެސް އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކޮށް މެއިންޓެއިން ކުރަނީ އިންޑިއާ ސިފައިންނެވެ. އަދި އިންޑިއާ އާ އެކު ސިފައިން ވަނީ ޑޯނިއާ މަތިންދާބޯޓެއް ހޯދުމަށް ވެސް މަޝްވަރާތައް ބާއްވައިފަ އެވެ.
ހިޔާލު