Jaluga maruvi meehehge massalaiga dhauvaa kurumah fonuvaifi
image
މާފުށީ ޖަލު-- ފޮޓޯ: ދަ އެޑިޝަން
0 ކޮމެންޓް
 

ޖަލުގައި މަރުވި މީހެއްގެ މައްސަލާގައި ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވައިފި

މަރުތައް ބަލާ ކޮމިޝަނުން މާފުށީ ޖަލުގައި މަރުވި މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވައިފި އެވެ.
ޝައްކު ކުރެވޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަހުގީގު ނިންމާފައި ވަނީ ޖަލުގައި މަރުވި، ދ. ވާނީ، ބްލޫ ހެވަން، ހުސެން ޒަރީރުގެ މައްސަލަ އެވެ.

އެ ކޮމިޝަނުން ބުނީ ޒަރީރުގެ މަރުގެ ތަހުގީގު ނިންމުމަށްފަހު އިހުމާލުވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. ނޮވެމްބަރު 2016 ގައި ޒަރީރު މަރުވެފައި ވަނީ އޭނާގެ މައްޗަށް ހިންގި ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން މާފުށީ ޖަލުގައި ހުއްޓައި، ހާލު ގޯސްވެގެންނެވެ.

ހާލު ދެރަވުމުން ޒަރީރަށް ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެނަ އެވެ. އޭނާ މަރުވިއިރު، ޖަލުގައި ހުންނަތާ ގާތްގަނޑަކަށް 10 މަސް ވެއްޖެ އެވެ.
ހިޔާލު