100 dhuvas therey bridge ga camera haru kurumuge vaudhu adhives nufuhdhey!
image
ސިނަމާލެ ބްރިޖް-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސަތޭކަ ދުވަހުގެ ތެރޭގައި ބްރިޖުގައި ކެމެރާ ހަރުކުމުގެ ވައުދު އަދިވެސް ނުފުއްދޭ!

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިނަމާލެ ބްރިޖު އަދި ހައިވޭގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާ ހަރު ކުރެވޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ.
ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި ސަރުކާރަށް 100 ދުވަސް ވެފައި ވަނީ އޭޕްރިލް 12 ގައެވެ. އޭގެ ފަހުން ތިން މަސް ފާއިތުވެފައި ވާއިރު، އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މާ ބޮޑު ތަފްސީލެއް ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ ކެމެރާތަކަށް ބޭނުންވާ ފައިބާ އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިންމުމަށް ފަހު ކެމެރާތަކަށް ބޭނުންވާ ކަރަންޓު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިހާރު މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަކަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭތޯ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖާއި ހައިވޭގައި ސީސީޓީވީ އާއި ސްޕީޑް ކެމެރާ ހަރުކުރެވޭނެ ވަކި ތާރީހެއް ފުލުހުންނަކަށް ނޭނގެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް އެކަމާއި ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވި އެވެ.

ކެމެރާ ހަރު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފުލުހުން މިއަހަރުގެ ޖެނުއަރީ މަހު ބުނީ އެތަނުގައި ތިން ބާވަތެއްގެ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ހިޔާލު