Mi aharu Ameerul Hajjakee Minister Aslam
image
މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މިއަހަރުގެ އަމީރުލް ހައްޖަކީ ޕްލޭނިން މިނިސްޓަރު އަސްލަމް

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާނީ އަސްލަމް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިއަހަރު ހައްޖަށްދާ ބައެއް ގްރޫޕުތަކުން މިހާރު ސައުދީ އަރަބިއްޔާއަށް ގޮސްފައި ވާއިރު ރާއްޖެއިން ހައްޖަށްދާ އެންމެ ފަހު ގްރޫޕު ފުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.

މިއަހަރު ރާއްޖެއަށް 2000 ކޯޓާ ލިބިފައި ވާއިރު ހައްޖު ކޯޕަރޭޝަނުގެ އިތުރުން ފަސް ގްރޫޕަކަށް މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައި ވެއެވެ. އެއީ ޒައީ ގްރޫޕާއި އަލް ހަރަމައިން އަދި މިނާ އާއި ތަޒްކިޔާ ގްރޫޕު އަދި އެކްރޯ ހައްޖު ގްރޫޕެވެ.

ހައްޖުވެރިން ފުރުވަން އެއާޕޯޓަށް ދިއުމަށް އެމީހުންގެ އާއިލާތަކާއި ރައްޓެހިންނަށް ސަރުކާރުން ވަނީ މިއަހަރު ހާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފަ އެވެ.
ހިޔާލު