Fehendhoo aai Goidhoo gulhaalun anna aharuge budget ah
image
ބ. ފެހެންދޫ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅުވާލުން އަންނަ އަހަރުގެ ބަޖެޓަށް

ބ. ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅުވާލުމަށް ފެހެންދޫ ކައުންސިލުން ސަރުކާރުގައި އެދިފައިވާތާ ދެ މަސް ފަހުން އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެކަން ރައީސް އިއުލާނުކުރެއްވީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެހެންދޫ އަށް އިއްޔެ ވަޑައިގެން އެރަށު ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ފެހެންދޫ އަކީ ގޮއިދޫއާ އެއް މޭލު ދުރުގައި އޮންނަ ރަށެކެވެ. އާބާދީގައި 303 މީހުން އުޅެމުން އަންނަ ފެހެންދޫ އިން ގޮއިދޫ އަށް ޑިންގީއެއްގައި ދިއުމަށް ހޭދަވަނީ ފަސްވަރަކަށް މިނެޓެވެ.

ކިޔެވުމަށް ގޮއިދޫ ސްކޫލަށް ދާން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެރަށް ކޯޒްވޭއަކުން ގުޅުވާލަ ދިނުމަށް ކައުންސިލުން އެދުނުއިރު އެކަމާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް މޫސާ ނަސީމް މިއަދު ސީއެންއެމް އަށް ވިދާޅުވީ ދެ ރަށް ކޯޒްވޭއަކުން ގުޅާޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން 2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ އެ ރަށު ކުދިން ކިޔަވަން ދާން ޖެހެނީ ގޮއިދޫ ސްކޫލަށެވެ. ގޮއިދޫ އަށް ދިޔުމަށް އޮންނަ ޑިންގީގެ ހާލަތު ގޯސްވުމުން އެ ކުދިންނަށް ވަރަށް ބައިވަރު އުނދަގޫތަކާއި ކުރިމަތިވެ އެވެ.
ހިޔާލު