Fehendhoo School kudhinge ferry banumah bid ah hulhuvaalaifi
image
ފެހެންދޫ ސްކޫލު ކުދިން ކިޔެވުމަށް ގޮއިދޫއަށް ދަނީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފެހެންދޫ ސްކޫލް ކުދިންގެ ފެރީ ބަނުމަށް ބިޑަށް ހުޅުވާލައިފި

ބ. ފެހެންދޫ ސްކޫލް ކުދިން ކޮންމެ ދުވަހަކު ޑިންގީއެއްގައި ދަތުރުކުރަން ޖެހޭތީ އެކަން ހައްލު ކޮށްދިނުމަށް އެ ސްކޫލަށް ހާއްސަ ފެރީއެއް ބަނުމަށް ބިޑަށް މިއަދު ހުޅުވާލައިފި އެވެ.
އެރަށު ކައުންސިލުގެ ރައީސް މޫސާ ނަސީމް ސީއެންއެމް އަށް ވިދާޅުވީ، އެ ސްކޫލަށް ހާއްސަ ފެރީއެއް ބަނުމަށް ބިޑަށް ހުޅުވާލާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގާފައިވާ ކަމަށެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން 2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލު ބަންދުކޮށްފައި ވާއިރު އެރަށު ކުދިން ސްކޫލަށް ދަނީ އެރަށާއި ގާތްގަނޑަކަށް އެއް މޭލު ދުރުގައި އޮންނަ އެއަތޮޅު ގޮއިދޫ އަށެވެ.

ގޮއިދޫ އަށް ދިޔުމަށް އޮންނަ ޑިންގީގެ ހާލަތު ގޯސްވުމުން އެ ކުދިންނަށް ވަރަށް ބައިވަރު އުނދަގޫތަކާއި ކުރިމަތިވާއިރު ކަނޑުގަދަ އަދި ވިއްސާރަ މޫސުމުގައި އެކުދިން ސްކޫލަށް ދަނީ ތެމި ފޯވެގެން ތިބެ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫ ސްކޫލްގެ ކުދިންނަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.
ހިޔާލު