Youth Tech Fair ga molhu ufehdhun thakeh dhahkaalaifi
image
ޔޫތު ޓެކް ފެއާ 2019--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޔޫތު ޓެކް ފެއާ ގައި ހުނަރުވެރި ޒުވާނުންތަކެއްގެ އުފެއްދުންތައް ދައްކާލައިފި

ޔޫތު މިނިސްޓްރީ އާއި ކޮމިއުނިކޭޝަން މިނިސްޓްރީ ގުޅިގެން އިއްޔެ ފެށި "ޔޫތު ޓެކް ފެއާ 2019" ޒުވާނުންގެ ބޮޑު ތަރުހީބަކާ އެކު ސޯޝަލް ސެންޓަރުގައި ކުރިޔަށް އެބަދެ އެވެ.
ދެ ދުވަހަށް ކުރިޔަށްގެންދާ މި ފެއާ އަކީ ޒުވާނުންގެ ތެރެއިން ޓެކްނޮލޮޖީގެ ކަންތައްތަކަށް ޝައުޤުވެރިކަން ހުންނަ މީހުންނަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށްޓަކައި ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ.

ޔޫތު ޓެކް ފެއާ ގެ ޑިރެކްޓަރު ސައުދަތު އަފީފް ސީއެންއެމް އަށޤ ވިދާޅުވީ ފެއާ އަށް އުންމީދު ކުރި ވަރަށް ތަރުހީބު ލިބެމުންދާ ކަމަށާއި މި ފެއާ އަކީ ވަރަށް ކާމިޔާބު ފެއާއަކަށް ވެގެންދާނެ ކަމަށެވެ.



ޔޫތު ޓެކް ފެއާ އަކީ ޒުވާނުން ބާރުވެރިކުރުވައި، ޓެކްނޮލޮޖީގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ ފެއާއެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.

ހަތް ގުރޫޕަކުން ބައިވެރިވި ޓެކް ފެއާގައި އިއްޔެ ޖަޖުންގެ ޕެނެލުން ބައިވެރިން ހުށަހެޅި އެއްޗެހި ބަލައި މާކްސް ދީފައިވާއިރު މިއަދު ވަނީ އާންމުންނަށް އެ ފެއާ ބަލާލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.



އެ ފެއާގައި ފެނިގެން ދިޔައީ އުންމީދީ ހުނަރުވެރި ޒުވާނުންތަކެކެވެ. އެ ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރި މަގުގައި ކުރިއެރުންތައް ހޯދާނެ ބަޔެކެވެ.

ފެއާގައި ވަނީ އެކި ކަހަލަ މޮޅު އެޕްލިކޭޝަންތަކެއް ދައްކާލާފަ އެވެ. ރައްޔިތުންގެ ސިއްހަތާއި މުޖުތަމައުގައި އާންމުކޮށް ދިމާވާ މައްސަލަތަކާއި ރައްޔިތުން އިތުރަށް ކަންކަމުގައި ހޭލުންތެރި ކުރުމަށާއި އެހެނިހެން ކަންތައްތަކަށް ބިނާކޮށް ޒުވާނުން ތައްޔާރުކޮށްފައި ހުރި ފުރިހަމަ އެޕްލިކޭޝަންތަކެއް ފެއާގައި ވަނީ ދައްކާލާފަ އެވެ.



ފެއާގެ ބައިވެރިން ދެކެނީ ފެއާ އަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި މިފަދަ ފެއާ އެއް ޔޫތު މިނިސްޓްރީ އިން އިންތިޒާމް ކުރި ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށް އެމީހުން ބުންޏެވެ.

"ޒުވާނުންނަށް ފަހިވެގެން ދިޔަ ވަރަށް ބޮޑު ފުރުސަތެއް މިއީ. ޔޫތު މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ޒުވާނުންނަށް އަމާޒުކޮށް މިކަހަލަ ފެއާ އެއް ބޭއްވީމަ،" ބައިވެރިއަކުން ބުންޏެވެ.

މާދަމާ ނިންމާލާ މި ފެއާގެ ބައިވެރިންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފަސް އެޕްލިކޭޝަނެއް އުކުޅަހުގައި އޮންނަ ކޮންވެންޝަނުގައި ބައިވެރިކުރާނެ އެވެ.
ހިޔާލު