ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
އެހެނިހެން
ރައީސް ނަޝީދު އަދި މުހައްމަދު ޔޫސުފް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
31 ޖުލައި 2019
0 ކޮމެންޓް
Tweet
މުހައްމަދު ޔޫސުފްގެ ޅެން ފޮތް "ދިވެހި ޅެމުގެ އަސްދަނޑި" ރައީސް ނަޝީދު ނެރެދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ލިޔުންތެރިޔާ މުހައްމަދު ޔޫސުފްގެ ޅެން ފޮތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނެރެދެއްވައިފި އެވެ.
ކުރިން ބ. އަތޮޅުގެ މެމްބަރުކަން ކުރައްވާފައިވާ ބ. ދޮންފަނު ޔޫސުފްގެ "ދިވެހި ޅެމުގެ އަސްދަނޑި" ނެރެދެއްވުން އޮތީ މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.
ޅެން ފޮތް ނެރެދެއްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ޅެން ފޮތް ނެރެދެއްވުމުގެ ޝަރަފު ލިބިވަޑައިގަންނަވާތީ އެކަމާއި އުފާ ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
ޔޫސުފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ގޮތުގައި ހަރަކާތްތެރިވެފަ ވަނީ 1975 ން 1980 އާ ހަމައަށެވެ. ފޮތް ނެރެދެއްވުމަށް ފަހު ނަޝީދު ވަނީ ފޮތުން ޅެންބައިތެއް ކިޔުއްވާފަ އެވެ.
މުހައްމަދު ޔޫސުފް ވަނީ މީގެ ކުރިން ބ. ދަރަވަންދޫގެ ތާރިޙާއި ގުޅޭ ގޮތުން ވެސް ފޮތެއް ނެރުއްވައިފަ އެވެ.
ގުޅުންހުރި
މަޖިލިސް 2019
ރައީސް ނަޝީދު
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ފުލުހުން ބަންދު ކުރި މީހަކަށް އަނިޔާކޮށް 'އިނގިލި ބިންދާލައިފި'
7 ގަޑިއިރު ކުރިން
މުލިއާގެއަށް 100 އަހަރު
8 ގަޑިއިރު ކުރިން
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކާކުތޯ އަދި ނުނިންމަން: ނަޝީދު
8 ގަޑިއިރު ކުރިން
ސަލަފް އަދި އެމްޑީއެންވެސް އުވާލައިގެން ނުވާނެ: ނަޝީދު
9 ގަޑިއިރު ކުރިން
ރޭ މުޒާހަރާއިން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް
10 ގަޑިއިރު ކުރިން