Baarashu Ali Manik ves maruvee Gudhurathee marakun: Fuluhun
image
އަލި މަނިކު--
0 ކޮމެންޓް
 

ބާރަށު އަލި މަނިކު ވެސް މަރުވީ ގުދުރަތީ މަރަކުން: ފުލުހުން

ހއ. ބާރަށުގެ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު އިއްޔެ މަރުވިއިރު އެތަނުން އެކެއްގެ މަރުގައި ސުވާލު އުފެދޭ ކަންކަން ހުރެގެން ފުލުހުންނަށް ރިޕޯޓުކުރި ނަމަވެސް އެއީ ގުދުރަތީ މަރެއް ކަމަށް ފުލުހުން ބުނެފިއެވެ.
ބާރަށު، ފާތިމަތު މޫސާ އާއި އޭނާގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއްކަމަށްވާ އަލީ މުހައްމަދު (އަލި މަނިކު) އިއްޔެ މަރުވިއިރު އަލި މަނިކުގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ އިއްޔެ 14:45 ގައި ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.

އެގޮތުން އުމުރުން 52 އަހަރުގެ އަލި މަނިކުގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރެގެން އެމައްސަލަ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރިއިރު ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ސީއެންއެމްއަށް ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހަށިގަނޑު ސަހަރާއަށް ގެންގޮސްފައިވަނިކޮށް ބައެއް ކަންކަން ފާހަގަކުރެވިގެން ކަމަށެވެ.

އެކަމަކު، މިހާތަނަށް ބެލިބެލުމުން އެއީ ގުދުރަތީ މަރެއްކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އެގޮތަށް ހުށަހަޅާ ކޮންމެ މަރުގެ މައްސަލައެއްގައި ވެސް ބަލަން ޖެހޭ ކަންކަން ބަލައި ފުލުހުން ރިކޯޑުކުރާނެ ކަމަށެވެ.
މަރު ފުލުހުން
ހިޔާލު