Shah Raajjeyga heydha kuri chutteege ithuru photo thakaai video thah!
image
ޝާހު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނުއިރު ނަގާފައިވާ ފޮޓޯއެއް--
0 ކޮމެންޓް
 

ޝާހު ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ އިތުރު ފޮޓޯތަކާއި ވީޑިއޯތަކެއް އާއްމުވެއްޖެ

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިރު ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އާންމުވެއްޖެ އެވެ.
މިދިޔަ މަހު 18 ގައި ޝާހު އޭނާގެ އާއިލާ އާއެކު ރާއްޖެ އައިސްފައި ވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން ދިޔައީ ޖުމެއިރާ ވިޓަވެލި މޯލްޑިވްސްގަ އެވެ. ޗުއްޓީގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ޝާހު ވަނީ އޭރު ހިއްސާކޮށްފަ އެވެ.

ޝާހު އާއި އޭނާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ނަގާފައިވާ އާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. ޝާހު ރިސޯޓަށް ދިޔަ މަންޒަރާއި ޝާހު އާއި އޭނާގެ ހަގުދަރި އަބްރަމް އާއެކު ޖެޓްސްކީ ދުއްވާ ވީޑިއޯ އެއް ވެސް ފެނިގެން ދެއެވެ. އޭގެ އިތުރުން ޝާހުގެ އަންހެނުން ގޯރީ ފެންނަ ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ. މިއީ ޝާހު އަދި އޭނާގެ އާއިލާ ވެސް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ޝާހު އާއި ގޯރީ ކައިވެނިކޮށްފައި ވަނީ 1991 ގައެވެ. އެދެމީހުންގެ ތިން ދަރިން ތިބެ އެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމް އެވެ. އެއާއިލާ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ނަމޫނާ އާއިލާ އެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ "ޒީރޯ" އިންނެވެ. އެ ފިލްމުގައި ޝާހު ކުރު މީހެއް (ޑުވޯފް) އެއްގެ ރޯލުން ފެނިގެން ދިޔައިރު ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ކުރިއަށް އޮތް މަސައްކަތް އިއުލާނު ކުރާނެ އިރެއްގެ އިންތިޒާރުގަ އެވެ.
ހިޔާލު