Irange Harijee Vazeerah Americage Dhathi Kurumuge Fiyavalhu
image
އިރާންގެ ހާރިޖީ ވަޒީރު މުހައްމަދު ޖާވިދު ޒާރިފު--
0 ކޮމެންޓް
 

އިރާނުގެ ހާރިޖީ ވަޒީރަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު

އިރާންގެ ހާރިޖީ ވަޒީރު މުހައްމަދު ޖާވިދު ޒާރިފުގެ މައްޗަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްއިން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި ޒާރިފުގެ މައްޗަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވަނީ އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ތަމްސީލު ކުރާތީއެވެ.

ޒާރިފު ވަނީ އެ ފިޔަވަޅުން ދައްކުވައިދެނީ އޭނާ ދެކެ އެމެރިކާއިން ޖެހިލުންވާ މިންވަރު ކަމަށާއި، އެ ފިޔަވަޅުގެ ސަބަބުން އޭނާއަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ޒާރިފުއާއި މެދު ފިޔަވަޅު އެޅި އިރު އެމެރިކާއިން ވަނީ އާޔަތުﷲ އަލީ ހާމަނާއީ އާ މެދު ވެސް ފިޔަވަޅު އަޅާފައެވެ. ޒާރިފުއާއި މެދު ފިޔަވަޅު އެޅި ނަމަވެސް އދގެ ބައްދަލުވުން ތަކަށް ހާޒިރުވުމަށް ވިސާ ދޫކުރުމާ މެދު ވިސްނާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާއާއި އީރާނުގެ ގުޅުން ހީނަރުވާން ފަށާފައި މިވަނީ 2015 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އެކުލަވާލި ނިއުކުލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުންނެވެ. އީރާނާ މެދު ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ.
އީރާން އެމެރިކާ
ހިޔާލު