Raees Seychelles ah furaavadaigenfi
image
ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހެނދުނު ސީޝެލްސް އަށް ފުރާވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ސީޝެލްސް އަށް ފުރާވަޑައިގެންފި އެވެ.
އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެމަނިކުފާނު ގައުމަށް އެނބުރި ވަޑައިގަންނަވާނީ އޯގަސްޓް 4 ގައެވެ.

ސީޝެލްސްގެ ދައުވަތު ރައީސް ސޯލިހަށް އެރުވީ ސީޝެލްސް ރައީސްގެ ހާއްސަ މަންދޫބު މުހައްމަދު އަފީފް ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިންނެވެ.

އަފީފަކީ މިހާރު ސީޝެލްސްގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް އެވެ. ރައީސް ސީޝެލްސް އަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އޮފީހުން ބުނީ ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ސޮއި ކުރެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގެ ދަށުން އެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.
ހިޔާލު