Theyo boat akaai mudhaa ufulaa dhoanyeh accident vejje
image
އެކްސިޑެންޓުވި ތެޔޮ ބޯޓާއި ދޯނި-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ތެޔޮ ބޯޓަކާއި މުދާ އުފުލާ ދޯންޏެއް އެކްސިޑެންޓު ވެއްޖެ

ރޭ ދަންވަރު ތެޔޮ ބޯޓަކާއި މުދާ އުފުލާ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ އުޅަނދަށް ވެސް ގެއްލުން ލިބިއްޖެ އެވެ.
އެ ހާދިސާ ހިނގީ ރޭ 12:44 ހާއިރު ޅ. މާފިލާފުއްޓާއި އެއް މޭލު ދުރުން ތެޔޮ ބޯޓަކާއި މުދާ އުފުލާ ދޯންޏެއް ޖެހުމުންނެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. ނަމަވެސް ބޯޓާއި ދޯނީގެ އަރިމަތީ ފައްގަނޑު ހަލާކުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހިޔާލު