Social media beynun kohgen zuvaanun ge medhugai harukashi visnun fathuramun dhey: Minister
image
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން-- ފޮޓޯ: ޑރ. އިބްރާހިމް ހަސަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސޯޝަލް މީޑިއާ ބޭނުންކޮށްގެން ޒުވާނުންގެ މެދުގައި ހަރުކަށި ވިސްނުން ފަތުރަމުންދޭ: މިނިސްޓަރު ހަސަން

ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޒުވާނުންގެ މެދުގައި ހަރުކަށި ވިސްނުން ފަތުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ޙަސަން ވިދާޅުވެއްޖެ އެވެ.
"އެކްސްޓްރީމިޒަމް އެންޑް ކައުންޓާ ޓެރަރިޒަމް" ގެ ނަމުގައި ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި ވެސް ފެތުރެމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަރުކަށި ވިސްނުން ގެންގުޅޭ މީހުން އެމީހުންގެ ވިސްނުންތައް ޒުވާނުންނަށް ފޯރުކޮށްދީ އާއިލާތަކާ ދުރުކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވަނީ ފާހަކޮށްފަ އެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ އެބައްދަލުމުގެ ސަބަބުން ކޯހުގެ ބައިވެރިންނަށް ހަރުކަށި ފިކުރުގެ މީހުންނާއި އެމީހުންގެ ވިސްނުންތައް ފަތުރަން ބޭނުންކުރާ އުކުޅުތައް އެނގިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވަނީ އެ ވޯކްޝޮޕުން ލިބުނު މައުލޫމާތުގެ އަލީގައި ރާއްޖެ ޓެރަރިޒަމާ ދުރަށް ގެންދަން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމަކީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ނާއިފް އަރަބް ޔުނިވަސިޓީ ފޯ ސެކިއުރިޓީ ސައިންސަސް އާއި ޔޫއެންޑީޕީ މޯލްޑިވްސް އަދި ޖަޕާން ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ހިޔާލު