Jabariya Jodi Macchardani gina bayakah kamugosfi
image
ލަވައިގެ ބައެއް މަންޒަރުތައް---
0 ކޮމެންޓް
 

ޖަބަރިޔާ ޖޯޅީގެ "މައްޗަރްދާނީ" ގިނަ ބަޔަކަށް ކަމުގޮސްފި

އޭކްތާ ކަޕޫރު ޑައިރެކްޓު ކުރާ ފިލްމު "ޖަބަރިޔާ ޖޯޅީ" ގެ ލަވައެއް ކަމަށްވާ "މައްޗަރްދާނީ" ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.
ވިޝާލް މިޝްރާ އާއި ޖޯތިކާ ތަންގިރީ ކިޔާފައިވާ އެލަވަ ނެރެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު ގިނަ ބަޔަކު ވަނީ އެލަވައަށް ތައުރީފުކޮށްފައެވެ.


އެ ފިލްމު ބިނާކޮށްފައި ވަނީ ކައިވެނި ކުރަން އުޅޭ ފިރިހެނެއް ކިޑްނެޕް ކުރުމުން ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ. ލީޑު ރޯލުން ޕަރިނީތި ޗޯޕްރާ އާއި ސިދާތު މަލްހޯތްރާ ފެނިގެންދާ އެފިލްމުގައި އަޕަރްޝަކްތީ ކުރާނާ އަދި ޖާވެދް ޖަފަރޭ ފެނިގެންދާނެއެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހެވެ. ސިދާތާއި ޕަރިނީތީ ވަނީ މީގެ ކުރިން ފިލްމު "ހަސީތޯ ޕަސީ" ގައި މަސައްކަތް ކޮށްފަ އެވެ.
ހިޔާލު