Vaarey vehumun fen nuhindhey Addu city ge magu thah!
image
އައްޑޫ ސިޓީގެ މަގެއް-- ފޮޓޯ: އައްޑޫ ލައިވް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ވާރޭވެހުމުން ފެން ނުހިނދޭ އައްޑޫ ސިޓީގެ މަގުތައް!

ވާރޭ ވެހުމަށް ފަހު ހަފުތާއެއްހާ ދުވަސްވާއިރު ވެސް ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީގެ ގިނަ މަގުތަކުން ފެނެއް ނުހިނދޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ވާރޭވެހިއްޖެ ނަމަ މަގުތަކުން ދުއްވަން ވެސް ބިރުގަންނަ ހާލަތަށް އައްޑޫގެ މަގުތައް ވަނީ ހަލާކުވެ، އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފަ އެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފް ވިދާޅުވި ގޮތުގައި، ބައެއް މަގުތަކުގައި ފެން ހިނދުން ލަސްވަނީ މަގުތައް ތަރައްގީކޮށްފައިވާ ގޮތުންނެވެ. ބޮޑު މަގު ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަން ފާހަގަކޮށް ޔަޝްރިފް ވިދާޅުވީ އެމަގުގައި މިހާރު ހޮޅިއަޅާފައިވާ ކަމަށެވެ.

އެކަމަކު އެ މަސައްކަތް ބަޖެޓުގެ ދަތިތަކާއި ހުރެ ކުރިއަށް ދަނީ ވަރަށް ލަސްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެރަށުގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ތާރު އެޅި ބައެއް މަގުތައް ވެސް ކަނޑާފައިވާއިރު ކެނޑުމަށް ފަހު ރަނގަޅު ނުކުރާތީ ވެސް އާންމުނަށް ދަތިތަކާއި ކުރިމަތިވެ އެވެ. އެގޮތުން މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ބޮޑު މަގުން ދަތުރުކުރުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް މީހުން ބުނެ އެވެ.

އެގޮތުން އެމީހުން ބުނާ ގޮތުގައި ހެދިފައި ހުރި ބޮޑެތި ވަޅުގަނޑުތަކަށް ވެއްޓި އެކި މީހުންނަށް އަނިޔާ ވެސްވެފައި އެބަހުއްޓެވެ. ހިތަދޫގެ މަގު ހެދުމަށް ފަހު ވެސް ފަސްގަނޑު އެއްވަރު ނުކޮށް ނިންމާލާފައި ވާތީ އެކަމަށް ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެތަނުން ސައިކަލު ދުއްވާ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

އައްޑޫ ސިޓީގެ މަގުތަކާއި ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދި ފަހުން ވަނީ އައްޑޫގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ފައިސާ ނެތް ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު