BREAKING: Adeeb Filan vegen India ga, Hayyaru koffi!
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ފިލައިގް ދިޔަ ވާގޯ 9 ޓަގު ބޯޓު--
1 ކޮމެންޓް
 

އަދީބު ފިލަންވެގެން އިންޑިއާގައި، ހައްޔަރުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލަންވެގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔުމުން އޭނާ ހިފަހައްޓައިފި އެވެ.
އެކަން ވަނީ އެތަނުގެ ފުލުހުން ކަށަވަރުކޮށްދީފަ އެވެ. އަދީބުގެ ވާހަކަ ތަމަޅަ އަދި މަޅަޔާލަމް ނޫސްތަކުން ވެސް ދަނީ ރިޕޯޓު ކުރަމުންނެވެ.

ޕުތިޔަ ތަލައި މުރައި ނޫހުގައި ބުނެފައިވާ ގޮތުގައި އަދީބު ފިލަންވެގެން އިންޑިއާގެ ޓުޓިކޮރިން އަށް ގޮސްފައިވާ ކަމުގެ މައުލޫމާތު އެ ނޫހަށް ވަނީ ލިބިފަ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ އަދީބު ހުރި ކަމަށް ބެލެވޭ ޓަގު ބޯޓެއް ބަލާ ފާސް ކުރުމުގެ މަސައްކަތް އިންޑިއާގެ އިންޓެލިޖެންސް ފަރާތްތަކުން މިހާރު ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން އެ ޓަގު ބޯޓުގައި އަދީބާއެކު ނުވަ މީހަކު އެބަ ހުރި ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައި ވަނީ އިންޑިއާ އިން މިހާރު އަދީބު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަޅަޔާލަމް ޓީވީ ޗެނަލްތަކުން ވެސް މިހާރު ދަނީ އަދީބުގެ ވާހަކަ ރިޕޯޓުކުރަމުންނެވެ. އެކަމަކު ފޮރިން މިނިސްޓްރީން ބުނީ އެކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާން މިއުވާން މުހައްމަދު ސީއެންއެމް އަށް ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އިންޑިއާގެ ރަސްމީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ އިތުރުން ވެސް ރަސްމީ އިދާރާ އަކުން، އަދީބު ފިލައިގެން އިންޑިއާ އަށް ދިޔަ ކަމަށް ބުނާ ވާހަކަ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ފުލުހުން ބުނީ އަދީބު ފިލިކަމަށް އަޑުފެތުރިފައި ވަނީ ރާއްޖޭން ބޭރުން ކަމުން، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭނީ ފޮރިން މިނިސްޓްރީން ކަމަށެވެ.

ނަމަވެސް ވަރަށް ފަހުން އަދީބު ވަނީ ފުލުހުންގެ ޓީމަކާއި އެކު އިންޑިއާ އަށް ވަޑައިގެން، ބޭސްފަރުވާ ހޯއްދަވައިފަ އެވެ. އެ ދަތުރަށް ފަހު އަދީބު ވަނީ އޭނާ އަކީ ފިލައިގެން ދާނެ މީހެއް ނޫން ކަމަށް ބުނެފަ އެވެ.


އަދީބު ނުފިލާނެ ކަމަށް ބުނެ އާއްމުކުރި ލިޔުންކޮޅެއް--

ރިޕޯޓުތައް ބުނާ ގޮތުން އަދީބު މީގެ ތިން ދުވަސް ކުރިން ރާއްޖެއިން ފިލައިގެން އިންޑިއާ އަށް ދިޔައީ ޓަގެއްގެ ކުރޫއެއްގެ ގޮތުގަ އެވެ. މިހާރު އިންޑިއާގައި ހުއްޓުވައިގެން އުޅުނު އެ ބޯޓު ކަމަށް ވެއެވެ.

އެ ވާހަކަތައް ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާއިރު، އެކަމާއި ގުޅޭ ގޮތުން ބަހެއް ހޯދުމަށް ސީއެންއެމް އިން އަދީބުގެ އަނބިކަނބަލުނާއި ގުޅިއިރު ފޯނު ނިންވާލާފައި އޮތުމުން ވަނީ ބަހެއް ލިބޭގޮތް ނުވެފަ އެވެ.


އަދީބު އިންޑިއާގައި ޓަގު ބޯޓުގައި ހިފަހައްޓާފައި ހުރި ފޮޓޯއެއް--

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ބާތިލް ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ. އަދި އޭނާ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ ވެސް އެ ދަތުރަށް ޚާއްސަ ޓްރެވަލް ޑޮކިއުމަންޓެއްގަ އެވެ.

ބޭސް ފަރުވާ އަށް އަދީބު ފޮނުވިއިރުވެސް އޭނާ ފިލާފާނެތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު އޭރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ ދަތުރުގެ ތެރޭގައި އަދީބު ފިލައިފި ނަމަ އެ ވެގެން ދާނީ މުޅި ސަރުކާރުގެ ފެއިލްވުމަކަށް ކަމަށެވެ.
އަދީބުގެ ޝަރީއަތް
ހިޔާލު

ކަހުރަބީ

މިއީ ބޮޑު ޚާއިނެއް