Whistleblower bill ah ACC ge islaaheh
image
އެންޓި ކޮރަޕްޝަން ކޮމިޝަން-- ފޮޓޯ: އޭސީސީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސަރުކާރުން ހުށަހަޅާފައިވާ ވިސްލްބްލޯ ބިލަށް އޭސީސީން އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްލާހެއް ހުށަހަޅައިފި އެވެ.
އޭސީސީން ބުނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލުގައި، އެ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި އިޖުރާއަތްތަކާއި، އެ ކޮމިޝަނަށް މެންޑޭޓްކޮށްފައިވާ ކަންކަމުގައި ގެންނަން ފެންނަ އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ނަމަވެސް އޭސީސީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތަފްސީލެއް އެފަރާތުން ހާމައެއް ނުކުރެ އެވެ.

ވިސްލްބްލޯ ބިލަކީ ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ ބިލެކެވެ.

އެ ބިލުގައިވާ ގޮތުން ގާނޫނީ ޒިންމާއެއް އަދާ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު ހާމަ ކުރެވޭނެއެވެ.

ވިސްލްބްލޯ ދައުލަތުގެ އިދާރާތަކުގައާއި އަމިއްލަ ފަރާތްތަކުގައި ހިންގާ ކޮރަޕްޝަނާއި އެނޫން ވެސް ނޭދެވޭ އަމަލުތައް ހުއްޓުވައި، އެތަންތަނުގައި ދެފުށް ފެންނަ، ޖަވާބުދާރީކުރުވަނިވި އަދި ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ.

ކޮރަޕްޝަނާއި، ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި، ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާއިޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރުމަކީވެސް ވިސްލްބްލޯ ކުރުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

އެފަދަ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ސިޓީ، ފެކްސް، މެސެޖް، ފޯންކޯލް، ފަދަ ޒަރީއާތަކުން ހާމަ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވިސްލްބްލޯ ގާނޫނެއް އެކުލަވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިޔާލު