Naib Raees Faisal Haa Dhaal hanimaadhoo ah vadaigenfi
image
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހަނިމާދޫގައި-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ނައިބު ރައީސް ފައިސަލް ހދ. ހަނިމާދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހދ. ހަނިމާދޫއަށް ޒިޔާރަތް ކުރައްވައިފި އެވެ.
އެ ރަށުގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަނުގެ ހާލަތް ބައްލަވައިލައްވާފައިވެއެެވެ.

ސްކޫލުގެ މެނޭޖްމެންޓުން ރައީސްގެ ނައިބަށް ކަންބޮޑުވުންތައް ހިއްސާކުރައްވައިފާ ވާއިރު އޭގެ ތެރޭގައި ސްކޫލުގެ އިމާރާތް ބާވެ ފާރުތައް ކަނޑައިގެންގޮސް ސީލިންގުން ފެންލީކުވުމުގެ މައްސަލަ އާއި ވިއްސާރަ ދުވަސްވަރު ސްކޫލް ތެރޭގައި ފެންބޮޑުވެ ސްކޫލުގެ ކިޔެވުން ބަންދުކުރަން ޖެހޭކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އެ ބައްދަލުވުމުގައި ފައިސަލް ވަނީ ސްކޫލަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތައް ސަރުކާރުން ވީހާވެސް އަވަހަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ.
ހިޔާލު