India in Adheeb hahyarukoh, thahugeegu fashaifi
image
ވާގޯ 6ގައި އަދީބު: މިހާރު އޭނާ ހުރީ ހައްޔަރު ކޮށްފައި.
6 ކޮމެންޓް
 

އިންޑިއާ އިން އަދީބު ހައްޔަރުކޮށް، ތަހުގީގު ފަށައިފި

ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ފިލައިގެން އިންޑިއާ އަށް ދިޔުމުން އެގައުމުގެ ޖާސޫއީ އިދާރާ އިން އޭނާ ހައްޔަރުކޮށް ތަހުގީގު ފަށައިފި އެވެ.
އިންޑިއާގެ ޓުޓިކޮރިން އިން އަދީބު ހައްޔަރު ކުރީ "ވާގޯ 6" ކިޔާ ޓަގެއްގައި، ސިއްރުން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ އަދީބު ހައްޔަރުކޮށް، ތަހުގީގު ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއާޒުން ބުނީ އަދީބު ހައްޔަރު ކުރި ޓަގަކީ އެ ގައުމުން ރާއްޖެ އަށް ފުރި އިރު، ނުވަ މީހުންނާ އެކު ދަތުރުކުރި ބޯޓެއް ކަމަށެވެ. ނަމަވެސް ރާއްޖޭން އަނބުރާ އިންޑިއާ އަށް ދިޔައިރު އޭގައި 10 މީހުން ތިބި ކަމަށާއި، އިތުރުވީ އަދީބު ޓަގަށް އެރުމުން ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެހެން ބުނިނަމަ ވެސް، ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާ އަކުން އަދީބު ފިލުމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެފަދަ މައުލޫމާތެއް އިންޑިއާ އިން ދީފައި ނުވާ ކަމަށެވެ.

އަދީބުގެ އަނބިކަނބަލުނާއި "ސީއެންއެމް" އިން ގުޅިއިރު ފޯނު ނިންވާލާފައި އޮތުމުން އޭނާގެ ބަހެއް ލިބޭގޮތް ވެސް ވަނީ ނުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ވެސް މިވަގުތު ހުރީ ރާއްޖޭން ބޭރުގަ އެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމްތައް ބާތިލް ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ. އަދި އޭނާ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ ވެސް އެ ދަތުރަށް ޚާއްސަ ޓްރެވަލް ޑޮކިއުމަންޓެއްގަ އެވެ.
ހިޔާލު

ޙުސެން

ސަރިކާރުން ތޯ ޖަނގިޔާ،ނާޒިމް ފިލުވާލީ؟ ޛަނގިޔާ ނާޒިމް ގެ ޕާސްޕޯރޓް ގެންގޮސް ހަވާލުކުރީކާކުތޯ؟

ޢަމީން

ޥަރައް ދެކޮޅު ނުޖެހޭ ދޯ. 9 ވެ 10 ވިޢިރު ދިވެހި ސަރުކާރާ ޢިންޑިާ ސަރުުކާރުގެ ޮ

އަހުމަދު

މި ވަގުކަލޭގެ ފަރުވާއަށް އިންޑިއާއަށް ފޮނުވުމުން ފިލުމަށް މަގުފަހިކޮށްފައި އައިސް މާގިނަދުވަސް ނުވަނީސް ފިލައިގެން ގޮސް އުޅެނިކޮށް މިފެނުނީ... ދެންވެސް މިވަގުކަލޭގެ މަރުވިއަސް ތަންތަނަށް ނުފޮނުވާ މިޤައުމުންލިބޭ ފަރުވާއެއްދެއްވާ....
ދިވެހިންގެ ލެއިބޮއިފާހުރި ވަގެއް މިއީ ...

ލަދު

ބަލަ އަދީބު ވިޔާފާރި ދަތުރެއްގައި ހިލަވެލި ގަންނަން އިންޑިޔާއަށް ދިއުމަކީ ކުށަކަށް ވަނީތޯ؟ ޢަދީބަކިވެސް މިނިވަނެއް ނުންތޯ ؟ އަދީބުގެ މައްޗަށް ތުހުމަތެއްވެސް އެއްވެސް ކޯޓެއްގައި ނެތެއްނޫން !

ޖައްބެ

ސަރުކާރު ބޮޑުތަނުން ފެއިލް، ކޮބާ އިންޓެލިޖެންސް، ފުލުހުން ސިފައިން...ހަމަ ސީދާ ސަރުކާރުން އަދީބު ފިލުވަދިނީ

ހުވަތަ

މިސަރުކާރުން ރާވައިގެން ކުޅޭ ބޮޑު ޑްރާމާއެއް