Adeeb filumugai Customs ge Ihumaalu Bodu!
image
ކަސްޓަމްސް: މީގެ ކުރިން ވެސް ވަނީ ކަނޑުމަގުން މީހަކު ފިލާފައި.
10 ކޮމެންޓް
 

އަދީބު ފިލުން، ކަސްޓަމްސްގެ އިހުމާލު ބޮޑު!

"ޒިންމާއިން ރެކިގަތުމާއި ފިލައިގެން ދިއުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ. ތިބާގެ ހިދުމަތުގައި އުފުލަންޖެހުނު ކޮންމެ ޒިންމާއެއް އުފުލައި، ހުރަސްތައް ގިރާކޮށް، ކުރިމަތިލާންޖެހުނު ކޮންމެ ކަމެއްގައިމި ކުރިމަތި ލަނީ ލޯބީގެ ހައްގުގަ އެވެ. ތިޔައީ އަހަރެން ލޯބިވާ އަހަރެންގެ ގައުމެވެ. ދިވެހި ރާއްޖެ އެވެ." މިއީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ޓްވިޓާގައި ވިދާޅުވެފައިވާ ބަސްކޮޅެކެވެ.
އެކަމަކު ފިލައިގެން ނުދާނެ ކަމަށް ބުނެ އެތައް ޔަގީންކަމެއް ދިނުމަށް ފަހު، ކުއްލިޔަކަށް މިއަދު އިންޑިއާ ފުލުހުން އަދީބު ހައްޔަރު ކޮށްފި އެވެ؛ ރާއްޖޭން ފުރައިގެން އެ ގައުމަށް ދިޔަ "ވާގޯ 6" ނަމަކަށްކިޔާ ޓަގެއްގެ ކުރޫއެއްގެ ގޮތުގައި، ފިލައިގެން އެ ގައުމަށް އެތެރެވުމުންނެވެ. އިންޑިއާގެ ޖާސޫސީ އިދާރާ އިން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަދީބު ފިލި ގޮތުން ގިނަ މުވައްސަސާތަކެއް ފެއިލްވެފައިވާކަން ހާމަވެއްޖެ އެވެ. އެގޮތުން އެކަމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނެ އެއް މުވައްސަސާ އަކީ ކަސްޓަމްސް އެވެ. ރާއްޖޭން ބޭރަށް ބޯޓެއް ފުރޭނީ ކަސްޓަމްސް އިން ޗެކްކޮށް، އެކަމަށް ހުއްދަ ދިނުމުންނެވެ. ބޯޓުގެ ފަޅުވެރިންގެ މައުލޫމާތު ވެސް ކަސްޓަމްސް ގައި ހުންނާނެ އެވެ. އަދި ބޯޓު ފުރުމުގެ ހުއްދަ ދޭނީ، ކަސްޓަމުން އެ ބޯޓަށް ގޮސް ޗެކް ކޮށް، ބެލުމަށް ފަހު އެވެ.

އެކަމަކު ކަސްޓަމަށް ނޭގި އަދީބު އެ ބޯޓަށް އަރައި، އިންޑިއާ އާ ހަމައަށް ދިޔައިރު ވެސް ހަމަ އެކަން ނޭގުމުން އެއީ ކިހާ ބޮޑު މައްސަލައެއް ހެއްޔެވެ؟

މިއީ ކަނޑުމަގުން ރާއްޖޭން މީހަކު ފިލައިގެން ދިޔަ ކަން ފަހުގެ ތާރީހެއްގައި ރިޕޯޓްކުރެވޭ ދެ ވަނަ ފަހަރެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރި ފްރާންސްގެ ޖީން މަނޮން މޯޓެޓް ފިލައިގެން އެ ގައުމަށް ދިޔައީ ވެސް އޭނާ ފަހުން ކިޔައިދިން ގޮތުގައި ރާއްޖެ އަށް އާ ބޭރުގެ ޔޮޓެއްގަ އެވެ.

އެ މައްސަލަ މީޑިއާ އަށް ތިލަވުމުން ވެސް ކަސްޓަމްސް އިން އެކަން ނުބަލާ ދޫކޮށްލީ ހެއްޔެވެ؟ ދެ ވަނަ ފަހަރަށް، އަދި ހާއްސަކޮށް އަދީބު ފަދަ ހައި ޕްރޮފައިލް ބޭފުޅަކަށް އެގޮތަށް ފިލުމުގެ ފުރުސަތު ލިބޭނީ، ރާއްޖޭގެ ކަނޑުގެ ދޮރާށި އެއްކޮށް ފެއިލްވުމުން ނޫންހެއްޔެވެ.

އަދީބު ފިލުމާއި ގުޅޭގޮތުން ކަސްޓަމްސް އިން ބުނަނީ ފުލުހުންނަށް ގުޅުމަށެވެ. ނަމަވެސް ފުލުހުން ބުނަނީ ފޮރިން މިނިސްޓްރީ އަށް ގުޅުމަށެވެ. ފޮރިން މިނިސްޓްރީން ބުނަނީ އެ މައްސަލާގެ މައުލޫމާތު އެ މިނިސްޓްރީ އަށް ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާ އަކުން އަދި އެކަމާ ގުޅޭގޮތުން މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ވެސް "ސީއެންއެމް" އިން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި ކަސްޓަމްސްގެ އިސް ވެރިންގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވެސް، ފޯނަށް ޖަވާބުނުދޭތީ ވަނީ ކާމިޔާބު ނުވެފަ އެވެ.
ހިޔާލު

ކުރޮޅި ކަތީބު

ހޭބައްޔާ ގަވައިދާއެއްގޮތައް އެތެރެވާ މީހުންގެ މައުލޫމާތު އިމިގުރޭސަނު ހުންނާނީ މީރާޖޭގެ ރައްޔެތަކު ފިލައިގެންދަނީ މިކަންބަލާނީ ޕޮލިހާ ކަސްޓަމާ އެތަންތަނުން

ހަސަ

ޓަގު ބްރޯ

ސޯބު

ކަސްޓަމޭ ކިޔާއިރު ބޯޓު ކްލިއަރެންސް ދެނީ އިމިގްރޭޝަނާއި ޑިފެންސާއި ކަސްޓަމުން، މިކަން ކަސްޓަމަށް ރައްދުވާން ޖެހޭ ހަމަ އެއްވެސް ގޮތެއް ނޭންގެ

އިކްރާމް އަބްދުއް ސައްތާރު

ބޯޓުތަކުގައި އިންޑިއާއި ރާއްޖެއާއި މެދުގައި ދަތުރު ފެށުމުގެ ކުރީން މިލިބުނީ އަސްލު ތަސައްވަރެއް...؟

މުވާހަދާ ގެ ދަށުން މީރޭވިގެން އެމްޑީޕީން ހިންގިކަމެއް..؟ ޕާލެމެންޓްގެ ރައީސް ރޭވި މޮޅުރޭވުމެއް ބާ؟

ތިއްތި

ޢެބޯެއްޓަކީ ރައްޖެ އެތެރެވި ބޯޓެއްތޯ ފުރަތަމަ ޗެކްކޮއްބަ. ޜާއްޖޭގެ ސަރަހަދައްނުވަދެ ލޯންޗެއްގަ ގޮސް އެބޯޓައް އެރީކަމައް މަށައްލަފާވަނީ. ރާއްޖެއައް ޑުރަގު އެތެރެކުރަނީވެސް އެގޮތައް ފަރައްއެރި އީރާނުބޯއްޓު އެއީފަހުގެ ހެއްކެއް.

އެދުރު

ބަލަގަ ކަލޭ ހަމަތަ؟ މީހަކު ފިލައިގެން ރާއްޖެ އެތެރެވީމަޔާ ބޭރު ވީމަ މަޢުލޫމާތު ހޯދަން ގުޅަންޖެހެނީ ކަސްޓަމަށްތަ. އަހަރެމެން ދޯ ކަލެއަށް ގުޅަންވީތަންވެސް މިކިޔާދޭން ޖެހެނީ، ގުޅާބަލަ އިމިގްރޭޝަނަށް. އެތަނުން ތިޔަ ކަންތައް ބަލަހައްޓަނީ.

އަމްމިޔާ

ނަން ނުޖަހައި، ފިލާއޮވެގެން މޮޅުއެއްޗެއް ހިތުން ތިޔަ ނޫހުގަ ޖަހާލީތާއެވެ. ރާއްޖޭގެ ގާނޫނުތަކާ، ގަވަޢިދުތަކާ އެއިގެ ދަށުން ހެދިފަ ހުންނަ އުސޫލުތައް މި ލިޔުން ލިޔުން މީހާއަށް އެއްވެސް ވަރަކަށް އެގިފަނެތެވެ. ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނާއި، އެތެރެވާމީހުންގެ ކަންތައްތައް ބެލެހެއްޓުމަކީ ކަސްޓަމްސްގެ ޒިންމާއެއް ނޫނެވެ. އެކަން ބަލަހައްޓަން އިމިގްރޭޝަން ކިޔާތަނެއް ހަދައި، އެތަނަށް އެތައްސަތޭކަ މުވައްޒަފުންނެއް ލާފައިވާކަން މި ލިޔުން ލިޔުނު މީހާއަކަށް ނޭގެއެވެ.

ހިމާރު

ނަން ނުޖަހާ ފިލައި އޮވެގެން މިނޫހުގަ މޮޅު އެއްޗެއް ތިޔަ ޖަހާލީ ރާއްޖޭގެ މިފަދަ ކަންތައްތައް ހިނގާގޮތް ކިހާ ވަރަކަށް އެގިގެންހެއްޔެވެ. މި ލިޔުން ލިއުނު މީހަކަށް މިރާއްޖެއިން އެތރެްވާ މީހުނާއި ބޭރުވާ މީހުން ބެލުމަށް

ނެޕީކުޑޭ

ކަސްޓަމުން ޗެކުކޮށް ނިމުމުން އޭގެ ފަހުން އެހެން ލޯންޗެއްގައި ގޮސްވެސް ޓަގު ބޯޓަށް އެރިދާނެ.

ކަސްޓަމްސް

ކަސްޓަސް އިން ޗެކްކޮށްފަ ފުރުވާލާ ބޯޓަށް މީހުންނަށް އެރޭނެ ކިތައްމެ ގޮތެއް ހުރެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ކޮންމެ ހިސާބަކުންވެސް މީހުންނަށް ބޯޓަށް އެރުމުގެ ފުރުޞަތު އޮންނާނެވެ. ކަސްޓަމްސް އިން ބޯޓު ޗެކްކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ނިމޭ ބޯޑަރު ކައިރިންނެއްނޫނެވެ.