Adheeb Raajje ah Genaumuge Masahkai Fuluhun Fashaifi
image
އަދީބު ވާގޯ 6ގައި ފިލައިގެން އިންޑިއާ އަށް ދިއުމުން މިހާރު ވަނީ އޭނާ ހައްޔަރު ކޮށްފައި.
5 ކޮމެންޓް
 

އަދީބު ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ފިލައިގެން އިންޑިއާ އަށް ދިޔުމުން އެގައުމުގެ ޖާސޫއީ އިދާރާ އިން އޭނާ ހައްޔަރުކޮށް ތަހުގީގު ފަށައިފައި ވަނިކޮށް އޭނާ އަނބުރާ ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ ބަޔާނަކީ، އަދީބު ފިލައިގެން އިންޑިއާ އަށް ދިއުމުން އެ ގައުމުން އޭނާ ހައްޔަރު ކުރުމާ ގުޅިގެން ރާއްޖޭގެ ރަސްމީ އިދާރާ އަކުން ރަސްމީކޮށް އެކަމާ ގުޅޭގޮތުން މައުލޫމާތު ހާމަކުރި ފުރަތަމަ ބަޔާނެވެ.

އިންޑިއާގެ ޓުޓިކޮރިން އިން އަދީބު ހައްޔަރު ކުރީ "ވާގޯ 6" ކިޔާ ޓަގެއްގައި، ސިއްރުން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ އަދީބު ހައްޔަރުކޮށް، ތަހުގީގު ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއާޒުން ބުނީ އަދީބު ހައްޔަރު ކުރި ޓަގަކީ އެ ގައުމުން ރާއްޖެ އަށް ފުރި އިރު، ނުވަ މީހުންނާ އެކު ދަތުރުކުރި ބޯޓެއް ކަމަށެވެ. ނަމަވެސް ރާއްޖޭން އަނބުރާ އިންޑިއާ އަށް ދިޔައިރު އޭގައި 10 މީހުން ތިބި ކަމަށާއި، އިތުރުވީ އަދީބު ޓަގަށް އެރުމުން ކަމަށެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމްތައް ބާތިލް ކުރި ނަމަވެސް އޭނާގެ ޕާސްޕޯޓް އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ. އަދި އޭނާ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވީ ވެސް އެ ދަތުރަށް ޚާއްސަ ޓްރެވަލް ޑޮކިއުމަންޓެއްގަ އެވެ.
ހިޔާލު

އަޒީމް

އިންޑިއާއިން އަދީބުއަށް ހިމާޔަތް ދިނުމަކީ ދިވެހި ރައްޔިތުން ނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ނޫނީ ނުވާނެ.
އެވަރު ކަމެއް އިންޑިޔާއިން ނުކުރާނެ ކަމަށް އުންމީދު ކުރަން.

ކާލި

ބަލަ އަދީބު އޭނަގެ އަންބިދަރީން ނަށް ކާންބޯން ދިނުމަށް ވިޔާފާރި ދަތުރެއްގައި ހިލަވެލި ކޮޅެއް ގަންނަން އިންޑިޔާއަށް ދިއުމަކީ ކުށަކަށް ވަނީތޯ ޢަދީބަކިވެސް މިނިވަނެއް ނުންތޯ ! ޢަދީބުގެ މައްޗަށް އެއްވެސް ކޯޓެއްގައި ތުހުމަތު ކުރެވޭ މައްސަލައެއްވެސް ނެތް އިރު އަދީބު ހައްޔަރު ކުރެވޭނެ އެއްވެސް ޤާނޫނީ ހަމަޔެއް އެބައޮތްތޯ ؟

ޗައުދު

މީނާގެ ކަރުގަ ޖީޕީއެސް ޓުރެކަރެއް ހަރުކުރަން އެބަ ޖެހެއެއްނުން..

ސަލޫން

އަދީބު އިންޑިޔާއައް ދިޔައީ ނަޝްވާ އައް ލޯބީގެ ލަވަޔެއް ކިޔާދޭންވެގެން..

ޓަގް

މިހާރު މިނަގެ ނަން ޓަގް އަދީބް އަށް ބަދަލުކުރަން ފެނޭ