Maaffanu ge'ehge fanlight eh magumanchah vettijje
image
ފެންލައިޓް ވެއްޓި ހަލާކުވެފައި
ސީއެންއެމް
0 ކޮމެންޓް
 

މާފަންނު ގެއެއްގެ ފެންލައިޓެއް މަގުމައްޗަށް ވެއްޓިއްޖެ

މާފަންނު ގެއެއްގެ ފުރަތަމަ ފަންގިފިލާގެ ފެންލައިޓެއް މިއަދު މަގުމައްޗަށް ވެއްޓިއްޖެ އެވެ.
މަގުމައްޗަށް ވެއްޓިފައިވަނީ މާފަންނު ޖަންބު މަގުގައި ހުރި ގެއެއްގެ ފުރަތަމަ ފަންގިފިލާގެ ދެފަޅިއަށް ކަހާގޮތަށް ހަދާފައިވާ ފެންލައިޓެއްގެ އެއްފަޅިއެވެ.

ގާތްގަނޑަކަށް ދޮޅުފޫޓު އެއްފޫޓްގެ ފެންލައިޓް ވެއްޓި މަގުމަތީގައި ޖެހުމުން ފެންލައިޓްވަނީ ހަލާކުވެފައެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް ނުލިބެއެވެ.

މާލޭގައި މި ފަހަކަށް އައިސް އިމާރާތްތަކުން އެއްޗެހި ވެއްޓުންވަނީ އާއްމު ވެފައެވެ.
މާލޭ ސިޓީ
ހިޔާލު