BREAKING: India ge himaayathah Adeeb edhijje
image
އަހްމަދު އަދީބު--
2 ކޮމެންޓް
 

އިންޑިއާގެ ހިމާޔަތަށް އަދީބު އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިންޑިއާގެ ހިމާޔަތަށް އެދިއްޖެ އެވެ.
އެކަން ހާމަކޮށްފައި ވަނީ އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ވަނީ އަދީބު އިންޑިއާގައި ހައްޔަރު ކުރި ހަބަރު ދޮގުކޮށްފަ އެވެ. އަދީބުގެ ފުރާނައަށް ރާއްޖޭގައި ނުރައްކާ އޮތުމުން، އިންޑިއާގެ ހިމާޔަތަށް އެދިފައިވާކަން އެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

އޭގެ އިތުރުން އަދީބުގެ ވަކީލުން ޓީމުން އދ. ގެ ރެފިއުޖީންނާއި ބެހޭ އޮފީހާއި، އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ އޮފީހާއެކު މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ވަކީލުންގެ ޓީމުން ބުނީ ސިޔާސީ ގޮތުން ދައުވާކޮށް، ޝަރީއަތް ހިންގުމުގެ އިތުރުން ދޮގު ބަޔާން ދިނުމަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން މަޖުބޫރު ކުރަމުން ދާތީ އިންޑިއާގެ ހިމާޔަތް ހޯދަން މަސައްކަތް ކުރަން އަދީބަށް ޖެހިފައިވާ ކަމަށެވެ.

"އަދީބުގެ ކުށެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހު ވެސްމ ޕްރޮސެކިއުޓާ ޖެނެރަލުގެ އޭނާ ފަރާތުން މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެތީ ހުރީ ގޭ ބަންދުގަ،" ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އަދީބަށް ބޭސް ފަރުވާ ލިބޭނީ ވަކި ގޮތަކަށް ބުނެފައިވާ އެއްބަސްވުމެއްގައި ސޮއިކުރުމުން ކަމަށް ބުނެ، އެ އެއްބަސްވުމުގައި ސޮއިކުރުވާފައި ވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވަކީލުން ޓީމުން ވަނީ ބުނެފަ އެވެ.

"މި މުއްދަތުގެ ތެރޭގައި ވެސް އަދީބުގެ މައްޗަށް ވަނީ ސިޔާސީ ނުފޫޒު ހިންގާފައި. އެގޮތުން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ވަނީ ގަދަކަމުން އަދީބު ލައްވާ ކުށަށް އިއުތިރާފު ކުރުވުމަށް ބަޔާންތަކުގައި ސޮއިކުރުވަން މަސައްކަތް ކޮށްފައި. އެކަން ނުކޮށްފި ނަމަ އަދީބާއި އޭނާގެ އާއިލާ އަށް ނުރައްކާ އޮންނާނެ ކަމުގެ ބިރު ދެއްކި،" ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދީބުންގެ ވަކީލުން ބުނެފައި ވަނީ އެ ސަބަބުތަކާއި ހުރެ އަދީބަށް ވަރަށް ބޮޑެތި ނުރައްކަލާއި ކުރިމަތިވަމުންދާ ކަމަށާއި، އޭނާގެ އެންމެ އަސާސީ ހައްގުތަކާއި މިނިވަންކަމުން މަހުރޫމުވަމުންދާ ކަމަށެވެ. އަދި އަދީބަކީ ސިޔާސީ ގޮތުން މަސައްކަތް ކުރާ އަދުލުއިންސާފުގެ ނިޒާމެއްގެ ޝިކާރައަކަށް ވާން ގާތްވެފައިވާ ފަރާތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

"އެހެންވެ، އަދީބު ވަނީ ސަލާމަތްތެރިކަން ލިބެން އޮތް ގައުމަކުން، ރައްކާތެރިކަމަށް އެދިފައި، އެގައުމަކީ އިންޑިއާ،" ބަޔާނުގައި ވެއެވެ.

އަދީބުގެ ވަކީލުން ވަނީ އިންޑިއާ އިން ވެސް އަމަލު ކުރަން ޖެހޭނީ އެގައުމުގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާއި އެއް ގޮތަށް ކަމަށާއި، އަދީބު ރާއްޖެ އަށް އަނބުރާ ފޮނުވާ ނުލެވޭނެ ކަމަށެވެ.

"ދެ ދައުލަތުގެ މެދުގައި ކޮންމެ ފަދަ ގުޅުމެއް އޮތް ނަމަވެސް، އެއްވެސް ހާލަތެއްގައި އަދީބު އަނބުރާ ރާއްޖެ އަށް ފޮނުވައެއް ނުލެވޭނެ" ކަމަށް ވަކީލުން ވިދާޅުވެފައި ވެއެވެ.

ސިޔާސީ، ޑިޕްލޮމެޓިކް ނުވަތަ އެ ނޫން ވެސް މަސްލަހަތެއްގެ ކުރިމަތީގައި ވަކި ފަރުދެއްގައި އަސާސީ ހައްގުތަކާއި މިނިވަންކަން މާ މުހިއްމުވާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ.

ބަޔާން ނިންމާލަލުމް ވަކީލުންގެ ޓީމުން ވަނީ އިންޑިއާގެ ހިމާޔަތް ހޯދުމަށް އަދީބު އެދިފައިވާ އެދުމަށް އިޖާބަ ދިނުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލާފަ އެވެ.

އަދީބުގެ ޝަރީއަތް
ހިޔާލު

އިރުފުހޭ

ދިވެހިރައްޔިތުންގެ ހަރުމުދާ ވިއްކައި، އެފައިސާ ބޭތުލްމާލަށްނުލައި، މީނައެކަމުގައި އިހުމާލުވާތީވެ އެކަންބަލައި ތަޙުޤީޤުކުރަމުންދާކަމަކީ މުޅިދުނިޔެ ދަންނާނެކަމެކެވެ. އަދި އެކަންހިނގައިދިޔަގޮތަކީވެސް ދުނިޔެ ދަންނާނެކަމެކެވެ. މިހާރުމިފެންނަނީ ބައިނަލްއަޤްވާމީ ބައިވެރިވުމާއިއެކު ދިވެހިރައްޔިތުންގެ ޙައްޤު މިލްކިއްޔާތެއް ދޮވެސާފުކޮށްލަންއުޅޭތަން ނޫންބާވައޭ ސުވާލުކުރެވެއެވެ. މިއީ ވަރަށް ދުރާލައި ރާވައިގެން ކުޅެވެމުންދާ ދިވެހިރައްޔިތުންގެ މާލިއްޔަތާއިބެހި، ހަށިފޭރިގަންނަ ޑުރާމާއެއްކަމުގައި ސިފަކުރެވެއެވެ.

އަހުމަދު

ޤައުމުގެ ބައިތުލްމާލު ދަވާލީމާ އެއްވެސްކުށެއްނެތީ... އެހެންތަވާނީ. ޤާނޫނަކުނެތޯ އެގޮތަށްފައިސާނެގުމަކީ އަދި ހޯދުމަކީ ކުށެއްކަމަކަށް.....
ތިޔަ މީހާގެނެސް ހަވަރަށްދީބަލަ....