Muahsasaatahah siyaasi koffi: Raees Yameen
image
ކުރީގެ ރައީސް ޔާމީން
ސީއެންއެމް
6 ކޮމެންޓް
 

މި ސަރުކާރުން މުއައްސަސާތައް ސިޔާސީކޮށްފި: ރައީސް ޔާމީން

މި ސަރުކާރުން މިނިވަން މުއައްސަސާތައްވެސް ސިޔާސީކޮށްފި ކަމަށާއި އިންސާފު ލިބޭނެކަމާމެދު ރައްޔިތުން މިހާރު ސުވާލު އުފައްދާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީގެ ނަމުގައި އައިސަރުކާރުން މުއައްސަސާތައް ސިޔާސީކޮށްފި ކަމުގައެވެ. އެގޮތުން އެންމެ މުގައްދަސް ތަންތަންވެސް މި ސަރުކާރުން ސިޔާސީ ކޮށްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސީ ނުފޫޒުން ބޭރުން އިންސާފު ލިބޭނެކަމަށް ރައްޔިތުން މިހާރު ސުވާލު އުފައްދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން މިސަރުކާރު ފެއިލްވެފައިވާކަމަށާއި އެހެންކަމުން ސަރުކާރު އިސްތިއުފާ ދޭންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާ އެމްބަސީގައި ދެ މަސްދުވަހު ގެންގުޅުނުކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެފަދަ ޖަރީމާތައް ހިންގާފައި ދުނިޔޭގެ އެއްވެސް ސަރުކާރެއް ނުވެއްޓޭނެކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމުގައެވެ. އަދި އެކަމުން އެކަނިވެސް ސަރުކާރު އިސްތިއުފާ ދޭންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އާއިލާގެ މީހުން މަގާމްތަކަށް ލައިގެންވެސް ގައުމަށް ވަންނަ ފައިސާއެއް އަދި ގައުމުން އެތެރެވާ ބޭރުވާ މީހުންވެސް ނުބެލެހެއްޓޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެކަމަށް ޓަކައިވެސް ސަރުކާރު އިސްތިއުފާ ދޭންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން
ހިޔާލު

މާމަ

ކޮންމެ ވާހަކައެ ވިދާޅުވެފާ އިސްތިއުފާގެ ވާހަކަ އައިސްފާ އޮތީމަ ވ ހެެއްވާ.ވެރިކަން ކޮންމެ މީހަކަށް ދެވިއަސް ދެވަނީ ހަމަ އެފަރާތުން.އެކަން ގެންދަވާނީވެސް ހަމަ އެފަރާތުން.ބަޔަކު ކިތަންމެ ވަރަކަ އިސްތިއުފާ އަށް ގޮވިއަސް.

ހަސަން

ނާހަމަތެދެއް....މީދެންކިހާބޮޑުމުސީބާތެއް..

އަހުމަދު

މިއީ ލަދެއްހަޔާތެއްހުރިމީހެއްބާ..... ދައުލަތުގެ ވެރިންވެރިންނާއި ހުރިހާ މުއައްޒަފުންއަތުން ޖިޒީނެގި ވެރިއެއް މިނޫނީނެތް.

ޖުލައި މަހުގެ

އަސްލުތަ ހަމަ ހުވާތަ

ޙަސަނަްިދީ

ތިމާމީހާ ކުޅަ ނުބައި ނުލަފާ ކަންތަކުގެ ހަނދާންތައް ހިތަށް އެބަ އަރާ އެހެންދީ

ޢަންމު

ދުވަހަކުވެސް އަޑުނީވޭ ވާހަކަ. ވ. މޮޅު. ގަދަ، ގަޓު ރައީސް.