Dengue jehigen kuda kujjaku maruvejje
image
ޑެންގޫ ފަތުރާ އީޑީސް މަދިރި
ސީއެންއެމް
0 ކޮމެންޓް
 

ޑެންގޫ ޖެހިގެން ކުޑަކުއްޖަކު މަރުވެއްޖެ

ޑެންގޫ ޖެހިގެން ރޭ މާލޭގައި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ މަރުވެފައިވަނީ މާލެއަށް މިސްބަތްވާ އުމުރުން 11 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ހުންއައިސްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ ދެތިން ދުވަސް ވެއްޖެއެވެ.

ކުޑަކުއްޖާގެ ޖަނާޒާ އޮތީ ރޭ 11:30 ގައި އާސަހަރާގައެވެ. މިއީ ޑެންގޫ ޖެހިގެން މިއަހަރު މަރުވި ދެވަނަ ކުއްޖާއެވެ.

މިދުވަސްވަރު ނުރައްކާތެރި ހުމާއި ރޯޑާ އިތުރުވެފައިވާތީ ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.
ޑެންގޫ މަރު
ހިޔާލު