Raees ge anbikanbalun Seychells ge Museum ah ziyaaraiyy kurahvaifi
image
ރައީސްގެ އަނބިކަނބަލުން ސީޝެލްސްގެ މިއުޒިއަމްއަށް ޒިޔާރަތްކުރައްވައިފި
ސީއެންއެމް
0 ކޮމެންޓް
 

ރައީސްގެ އަނބިކަނބަލުން ސީޝެލްސްގެ މިއުޒިއަމްއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްގެ ނެޝަނަލް ހިސްޓްރީ މިއުޒިއަމާއި ޕަރސަވަރެންސް ސެކެންޑްރީ ސްކޫލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ބައެއް ފަރާތްތަކާއި ކިޔަވާކުދިންނާ ބައްދަލުކުރައްވައިފި އެވެ.
ސީޝެލްސްގެ މިއުޒިއަމަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއުޒިއަމްގައި ހުރި ސީޝެލްސްގެ މުއްސަނދި ޝަޤާފަތް ދައްކުވައިދޭ ތަކެތި ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕަރސަވަރެންސް ސެކަންޑަރީ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލު ބައްލަވާލެއްވުމުގެ އިތުރުން އެޤައުމުގެ ތައުލީމީ ބައެއް ސިޔާސަތުތަކާއި އަދި ތައުލީމީ ދާއިރާގައި އެންމެ އިސްކަންދޭ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ސީޝެލްސްގެ އެޑިއުކޭޝަން އެންޑް ހިއުމަންރިސޯސް ޑިވެލޮޕްމެންޓް މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ސީޝެލްސްގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒަށް ޒިޔާރަތްކުރައްވައި ޕްރިންސިޕަލް ސެކްރެޓަރީއާ ވެސް ބައްދަލުކުރައްވާފައި ވެއެވެ.
ރައީސް އޮފީސް
ހިޔާލު