Raajje aai Seychelles aai dhemedhu 7 ebbasvumeh gai soi koffi
image
ރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި
ސީއެންއެމް
0 ކޮމެންޓް
 

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ރާއްޖެއާއި ސީޝެލްސްއާއި ދެމެދު މިއަދު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ސީޝެލްސްއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ފަތުރުވެރިކަމާއި ހާރިޖީ، އިގްތިސާދީ އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި މޫސުމީ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައެވެ.

އެއްބަސްވުން ތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝީޝެލްސްގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ވަޒީރުންނެވެ.

ޝީސެލްސްގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅު ފެއްޓެވީ އިއްޔެއެވެ. މި ދަތުރުފުޅުގައި މިއަދުވަނީ ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވާފައެވެ.
ރައީސް އޮފީސް
ހިޔާލު