Thin mass fahun anbi meehaa kairi ah dhaathee Aysuhman ah faadu kiyanee
image
ތަހިރާ އާއި އަޔުޝްމަން--
0 ކޮމެންޓް
 

ތިން މަސް ފަހުން އަނބިމީހާ ކައިރިއަށް ދާތީ އަޔުޝްމަން އަށް ފާޑުކިޔަނީ

އަންހެނުން ތަހިރާ ކަޝްޔަބް ކައިރިއަށް ތިން މަސް ފަހުން އަންނާތީ ގިނަ ބައެއް ފާޑުކިޔުން އަޔުޝްމަން ކުރާނާ އަށް އަމާޒުވެއްޖެ އެވެ.
އަޔުޝްމަންގެ ކުރިއަށް އޮތް ފިލްމު "ގުލާބޯ ސިތާބޯ" ގެ ޝޫޓިން އާ ގުޅިގެން އޭނާ ވަނީ އަންހެނުން ތަހިރާއާ ދުރަށް ގޮސްފަ އެވެ. ދާދި ފަހުން އަޔުޝްމަން ވަނީ އިންސްޓަގުރާމު މެދުވެރިކޮށް ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ތަހިރާ ކައިރި އަށް ތިން މަސް ފަހުން އަނބުރާ އަންނަ ވާހަކަ ބުނެފަ އެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަޔުޝްމަން އަށް އަމާޒުވެފައި ވާއިރު އޭނާގެ ބައެއް ސަޕޯޓަރުން ވަނީ ތަހިރާ އަށް މިހާރު އޭނާ އަޅާނުލާ ވާހަކަ ބުނެފަ އެވެ. އަދި އަނެއް ބަޔަކު ތަހިރާ މަތިން މިހާރު އަޔުޝްމަން ފޫހިވެއްޖެ ކަމަށާއި އެ ދެމީހުން ވަރަށް އަވަހަށް ވަރިވާން އުޅޭ ކަމަށް ވަނީ ބުނެފަ އެވެ.

ތަހީރާ އަކީ ކެންސަރުގެ ޝިކާރައަކަށް ވި މީހެކެވެ. އޭނާ މިހާރު އެ ބަލިން ވަނީ ސަލާމަތްވެފަ އެވެ. އަޔުޝްމަން ތަހިރާ އާއި ކައިވެނި ކޮށްފައި ވަނީ 2011 ވަނަ އަހަރެވެ. އަދި އެ ދެމީހުންނަށް ވަނީ ދެކުދިން ލިބިފަ އެވެ.
ހިޔާލު