Fiyaa koshaairu roveny kyhve?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފިޔާ ކޮށާއިރު ރޮވެނީ ކީއްވެ؟

އާއްމުކޮށް ރޮވެނީ ދެރަ ކަމެއް ދިމާވުމުންނެވެ. ގާތް މީހަކު މަރުވުމުން، މީހަކު ހިތުގައި ޖައްސާލުމުން ނުވަތަ އަނިޔާއެއް ލިބުމުން ރޮވުމަކީ މައްސަލަ އެއް ނޫނެވެ.
ނަމަވެސް ބަދިގޭގައި އުޅޭ އުޅުމުގައި ފިޔާ ކޮށާއިރު ލޮލުން ކަރުނަ ފޭބުމަކީ އެހާމެ އުދަނގޫވާ އަދި ވަރަށް ތަފާތު ކަމެކެވެ.ސައިންސްވެރިން ވަނީ ފިޔާ ކޮށާއިރު ރޮވޭ ސަބަބު ވަރަށް ގިނަ ދިރާސާތަކެއް ހަދާ ހޯދާފަ އެވެ.

ފިޔާ ކޮށާއިރު ރޮވޭ ގޮތް ވަނީ ފިޔަލުގައި ހިމެނޭ "ލެކްރިމެޓަރީ ފެކްޓާ" ކިޔާ ކެމިކަލް އެއްގެ ސަބަބުންނެވެ. ފިޔާ ކޮށާލުމުން ސެލްތައް ދުރުވެ ސެލްތަކުން އެ ކެމިކަލް ދޫކޮށްލަ އެވެ.

ހުރިހާ ސެލްތަކުން ނިކުންނަ "ލެކްރިމެޓަރީ ފެކްޓާ" ގުޅި އޭގެ ބާރުގަދަ ވެގެން ދެއެވެ. އެ ކެމިކަލް ގޭހަށް ބަދަލުވެ ލޮލުގެ "ސެންސަރީ ނިއުރޯންސް" ތަކަށް އަސަރުކޮށް ކަރުނަ ފައިބާ ގޮތް މެދުވެރި ވެއެވެ.

ފިޔަލުގައި ހިމެނޭ "ލެކްރިމެޓަރީ ފެކްޓާ" މި މާއްދާއަކީ އޭގެ ދިފާއީ ކަންތައްތައް ބަލަހައްޓާ ކެމިކަލް އެކެވެ. ފިޔާ ކޮށާލުމާއެމު އެ ނިޒާމް ހުއްޓިގެން ދެއެވެ.
ސިއްހަތު
ހިޔާލު