Dhekunuge baeh atholhu thakah udhaerun ekasheegenvey: Met
image
ރަށަކަށް އުދައަރާފަ---
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ: މެޓް

ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން މެޓް އޮފީހުން ވަނީ ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް މަޑު ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވައި ޖެހޭނީ އިރުދެކުނާއި ދެކުނުން، ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައެވެ.
މޫސުން އުދައެރުން
ހިޔާލު

މިއީ މޮމެންޓަެއް

އިއްޔެވެސް ގދ ރަށްރަށަށް އުދަ އެރީމަ މިއަދު އުދަ އެރުން އެކަށީގެނވޭ ކިޔާފަ ކުރިންވެސް ހަމަ ތިތަން ހުރި ނޭނގުނީތަ ނޫނީ ބުނުން މަނާކުޅައީތަ