Visa hoadhumugai lui goihthah hoadhumah Lanka aeku mashvarakoffi
image
ލައްކާގައި ހުންނެވި ސަފީރު، ސްރީލަންކާގެ ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަންއާ ސަލާމްކުރައްވަނީ-- ފޮޓޯ: މޯލްޑިވްސް އެންބަސީ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ވިސާގެ ކަންކަން ލުއިކުރުމަށް ލަންކާއާއެކު މަޝްވަރާކޮށްފި

ސްރީލަންކާއިން ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކައް ހައްލެއް ހޯއްދެވުމަށް، ލަންކާގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްއާ އާއި ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި ލަންކާގެ ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާއާ ހަވާލާދީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފަ އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު، އެ ގައުމަށް ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެންނެވެ. އެގޮތުން އެ ހާދިސާއަށް ފަހު އެގައުމުން ވަނީ ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
ހިޔާލު

މައި

ތީ ހުސްފޭކް އެންވެސް ކަމެން ނޮކޮންދޭ އެމްބަސީއިން