Dhiraagah dhevana quarter gai 210 million rufiyaage faidhaa eh
image
ދިރާގު ހެޑް އޮފީސް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދިރާގަށް ދެވަނަ ކުއާޓަރުގައި 210 މިލިއަން ރުފިޔާގެ ފައިދާއެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 13 އިންސައްތަ ދަށް އަދަދެކެވެ. ދިރާގުގެ ކުއާޓާލީ ރިޕޯޓްތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 238 މިލިއަން ރުފިޔާ އެެވެ.

ދިރާގަށް ލިބުނު އާމްދަނީ އަށް ބަލާއިރު ދެ ވަނަ ކުއާޓާގައި ލިބިފައިވަނީ 710 މިލިއަން ރުފިޔާ އެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީ ވެސް ވަނީ މި ކުއާޓާގައި ދަށްވެފައެވެ. އެގޮތުން މި ކުއާޓާގައި ދިރާގަށް ލިބުނީ 708 މިލިއަން ރުފިޔާއެވެ.

ދިރާގަށް ލިބުނު އާމްދަނީ ދަށްވެފައިވަނީ އޮޕަރޭޝަން ކޯސްޓް އިތުރުވެ ޓޫރިޒަމްގެ ލޯ ސީޒަންގެ ސަބަބުން ކަމަށް ދިރާގުން ނެރުނު އެ ރިޕޯޓުގައި ބުނެފައިވެއެވެ. ކޭޝް ފްލޯ މި ކުއާޓަރުގައި ރަނގަޅު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިރާގުން ވަނީ ރާއްޖޭގެ 75 އިންސައްތަ އަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފުޅާކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަބައިޓް ސްޕީޑުގެ އިންޓަނެޓް ވެސް ތައާރަފް ކޮށްފައެވެ.









ދިރާގު
ހިޔާލު