Kudakudhin sihhathah faidhaa huri lui kaanaathah keumah shauguveri kuran jehey
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސިއްހަތަށް ފައިދާ ހުރި ލުއި ކާނާ ކުޑަކުދިންނަށް ދޭން ޝައުގުވެރި ކުރުވަންޖެހޭ

ކުޑަކުދިންނަކީ އާންމުކޮށް ޖަންކް ފުޑްސް ނުވަތަ ތައްޔާރީ ކާނާތައް ކާން ވަރަށް ޝައުޤު ހުންނަ ބަޔެކެވެ.
ތައްޔާރީ ކާނާއަކީ ގިނަ އަދަދަކަށް ހަކުރު، ލޮނު، ސަރުބީ އަދި އެކި ޕްރިޒަވޭޓިވްސް އެކުލެވޭ ސިއްހަތަށް ނުރަނގަޅު ކާނާތަކެވެ.

އެފަދަ ކާނާތަކަކީ ބޭނުންކުރަން ފަސޭހަ، ރަހަމީރު ކާހިތްވާ ކަހަލަ ބާވަތްތަކަށް ވެދާނެއެވެ.

ޖަންކް ފުޑްސް ކެއުން އާދައަކަށް ވެއްޖެނަމަ ދަތްފަނި ކެއުމާއި ހަށިގަނޑުން ފެންމަދުވުމުގެ ފުރުސަތު ބޮޑުވުން ފަދަ ސިއްހީ މައްސަލަތައް ދިމާވާކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އަދި ސިއްހަތަށް ފައިދާ ހުރި ކެއުމާއި ކުދިން ދުރު ހެލިވުމާއި ހަށިގަނޑުގެ ދިފާއީ ބާރު ދަށްވުމަކީ ވެސް ކުރިމަތިވާ ކަންތައްތަކެވެ.

ނަމަވެސް ހަށިގަނޑަށް ގެއްލުންދޭ އެއްޗަކަށް ވުމުން މައިންބަފައިން ދަރިންނަށް ސިއްހަތަށް ފައިދާ ހުރި ލުއި ކާނާ ކެއުމަށް ޝައުޤުވެރިކުރުވަން ޖެހޭނެއެވެ.

ލުއިކާނާގެ ތެރޭގައި ޔޯގަޓާއި ތާޒާ މޭވާ އާއި ރޮލާ ބޭނުންކުރެވޭ ތަރުކާރި އާއި ފެނުކެއްކި އަލުވި ފަދަ ކާނާތައް ހިމެނެއެވެ.

ސިއްހަތަށް ފައިދާ ހުރި ލުއި ކާނާތައް ކެއުމުން މުޅި ދުވަހު ކުދިންގެ ހަށިގަނޑުގައި ހަކަތަ ހިފަހައްޓައިދީ ސްކޫލުގައި ރަނގަޅަށް ކިޔެވުމަށް މަގުފަހަކޮށްދެއެވެ.

ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުވަތަ ނިއުޓްރިއެންޓްވެސް އިތުރުކޮށްދެއެވެ.
ކުޑަކުދިން ސިއްހަތު
ހިޔާލު