Bollywood fannanunah drug beynunkuri kamuge thumathu koffi
image
ބޮލީވުޑް ބައެއް ފަންނާނުން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފަންނާނުންތަކެއް ޑްރަގް ބޭނުން ކުރި ކަމުގެ ތުހުމަތު!

ބޮލީވުޑުގެ މަޝްހޫރު ފަންނާނުންތަކެއް ޑްރަގް ބޭނުން ކުރި ކަމުގެ ތުހުމަތު އިންޑިއާގެ މަޖިލިސް މެންބަރެއްކަމަށްވާ މަޖިންދަރް އެސް ސިރާ ކޮށްފިއެވެ.
ދާދި ފަހުން ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އޭނާގެ ގޭގައި ޕާޓީއެއް ބާއްވާފައިވާއިރު އެޕާޓީގައި ބޮލީވުޑު ގިނަ ފަންނާނުން ވަނީ ބައިވެރިވެފައެވެ. ޕާޓީގައި ބައިވެރިވި ފަންނާނުންގެ ވީޑިއޯއެއް އިންސްޓަގުރާމު މެދުވެރިކޮށް ކަރަން ވަނީ ހިއްސާކޮށްފައެވެ.
View this post on Instagram

Saturday night vibes

A post shared by Karan Johar (@karanjohar) on


އެގޮތުން އެވީޑިއޯގައި ދީޕިކާ ޕަޑުކޮން އާއި ރަންބީރް ކަޕޫރާއި ވިކީ ކޯޝަލް އާއި މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރުގެ އިތުރުން ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތާއި ވަރުން ދަވަން އަދި އޭނާގެ ލޯބިވެރިޔާ ނަތާޝާ ވެސް ވަނީ ބައިވެރިވެފައެވެ.

އެވީޑިއޯ އިން ހުރިހާ ފަންނާނުން ވެސް މަޖާ ކުރާ މަންޒަރު ފެނިގެންދިޔައިރު ފަންނާނުންގެ ސަޕޯޓަރުންނަށް ވެސް އެވީޑިއޯ ވަނީ ވަރަށް ކަމުގޮސްފައެވެ. ނަމަވެސް އިންޑިއާގެ މަޖިލިސް މެންބަރު މަޖިންދަރް އެވީޑިއޯ ބެލުމަށްފަހު ފަންނާނުން ޕާޓީ ތެރޭ ޑްރަގް ބޭނުން ކުރި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.


ގިނަ ބައެއްގެ ފާޑުކިޔުން މަޖިންދަރަށް އަމާޒުވިއިރު އިންޑިއާގެ ކުރީގެ މިނިސްޓަރު މިލިންދް ދިއޯރާ ވަނީ އޭނާއަށް ވަރުގަދަ ރައްދެއް ދީފައެވެ. އެގޮތުން ކުރީ މިނިސްޓަރު މިލިންދު ވަނީ އެ ޕާޓީ އަށް އޭނާގެ އަންހެނުން ވެސް ދިޔަކަމާއި ޕާޓީ ތެރޭ އެކަކުވެސް ޑްރަގް ބޭނުން ކޮށްފައި ނުވާކަމަށެވެ.

އޭގެ އިތުރުން ދޮގު ހަބަރު ނުފެތުރުމަށާއި ޑްރަގް ބޭނުންކުރި ކަމަށް ތުހުމަތު ކުރި ފަންނާނުން ކިބައިން މައާފަށް އެދުމަށްވެސް ކުރީގެ މިނިސްޓަރު މިލިންދް ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު