Sunny Leone kamah heekoh Delhi ah nisbaiyvaa firihenakah meehun gulhan fashaifi
image
އަރުޖުން ޕަޓިއާލާގެ ލީޑު ތަރިން، އަދި ސަނީ ލިއޯން--
0 ކޮމެންޓް
 

ސަނީ ލިއޯން ކަމަށް ހީކޮށް ދިއްލީގެ ފިރިހެނަކަށް މީހުން ގުޅަން ފަށައިފި

ރޯހިތު ޖުގްރާޖު ޗޯހަން ޑައިރެކްޓުކޮށް މިދިޔަ މަހުގެ 25 ގައި ނެރުނު ފިލްމު، އަރްޖުން ޕަޓިއާލާގައި އެ ފިލްމުގެ އެކްޓަރު ދިލްޖިތު ދޯސަންޖަށް ބަތަލާ ސަނީ ލިއޯން އޭނާގެ ނަމްބަރު ދިނުމުން އެ ފިލްމު ބެލި ގިނަ ބަޔަކު އެއީ ސަނީގެ އަސްލު ނަމްބަރު ކަމަށް ހީކޮށް އެ ނަމްބަރަށް ގުޅަން ފަށައިފި އެވެ.
ފިލްމުގައި ސަނީ، ދިލްޖިތަށް ދޭ ނަމްބަރަކީ ދިއްލީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ، ޕުނީތު އަގަރަވާލް ނަމަކަށް ކިޔާ މީހެއްގެ ނަމްބަރެކެވެ. އެއީ އަސްލު ދިރިއުޅުމުގައި މީހަކު ބޭނުން ކުރާ ނަމްބަރެއްކަން އެ ފިލްމު އުފެއްދުންތެރިންނަށް އެނގުނީ، އެ ފިލްމަށް ފަހު ދުވާލެއްގެ މައްޗަށް 300 އަށް ވުރެ ގިނަ ކޯލު ސަނީއާ ވާހަކަ ދެއްކުމަށް ކަމަށް ބުނެ މީހުން އޭނާ އަށް ކުރަމުން އަންނަ ކަމަށް ނޫސްތަކަށް އިންޓަވިއުއް ދިނުމުންނެވެ.

އޭނާ ބުނި ގޮތުގައި ފުރަތަމަ މީހުން ގުޅަން ފެށުމުން އޭނާ ހީކުރީ އެއީ ރައްޓެހިން މަޖަލަކަށް ކުރަމުން އައި ކަމެއް ކަމަށެވެ. އެކަމަކު އެކަން ބޮޑު އުނދަގުލަކަށްވެ ކަން އޮތްގޮތް ބެލުމުން އެނގުނީ ފިލްމުގައި އަސްލު ވެސް އޭނާގެ ނަމްބަރު ކިޔާ ކަމެވެ.

ކަންބޮޑުވުން ފާޅުކޮށް އޭނާ އިތުރަށް ބުނީ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އެކަމާއި ގުޅިގެން ސަނީ ވެސް ވަނީ އެމީހާގެ ކިބައިގެން މައާފަށް އެދިފަ އެވެ.

ދިލްޖިތުގެ އިތުރުން އެފިލްމުގައި ކްރިތީ ސަނޯން އާއި ވަރުން ޝަރްމާ ވެސް ފެނިގެން ދެއެވެ.
ހިޔާލު