Texas ge Wallmart fihaara ehga badi jahaa 20 meehun maraalaifi
image
ހަމަލާ ދިން މީހާ-- ފޮޓޯ: އޭއެފްޕީ
1 ކޮމެންޓް
 

ޓެކްސަސްގެ ވޯލްމާޓް ފިހާރައެއްގައި ބަޑި ޖަހާ 20 މީހުން މަރާލައިފި

އެމެރިކާގެ ޓެކްސަސްގެ ސިޓީއެއްގައި މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި 20 މީހުން މަރުވެ 26 މީހުން ޒަހަމްވެއްޖެ އެވެ.
އެ ހާދިސާ ހިނގީ އެލް ޕަސޯ ސިޓީގަ އެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ބުނީ މިއީ އެ ސްޓޭޓުގެ ތާރީހުގައި އެންމެ ބޮޑު ނުރައްކަލާއި ކުރިމަތިވި ދުވަސް ކަމަށެވެ.

ބަޑިން ހަމަލާ ދީފައި ވަނީ ސިއެލޯ ވިސްޓާ ނަމަކަށް ކިޔާ މޯލެއް ކައިރީގައި ހުންނަ ވޯލްމާޓް ފިހާރައެއްގެ ތެރޭގަ އެވެ. އެއީ އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދެވެ.

އެ ހަމަލާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ޕެޓްރިކް ކްރުސިއަސް ނަމަކަށް ކިޔާ މީހެއް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.

ޓީވީތަކުން ދައްކާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ކަޅު ޓީޝާޓެއް ލައިގެން ހުރި މީހަކު ރައިފަލް ބަޑިއެއް ހިފައިގެން ވޯލްމާޓް ފިހާރަ ތެރެއަށް ވަދެ ހަމަލާ ދޭން ފަށަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމަލާ ކުށްވެރި ކުރައްވާފަ އެވެ. މަރުވި މީހުންގެ ތަފްސީލު އަދި ނޭނގުނު ނަމަވެސް އެމެރިކާގެ ރައީސް މެނުއެލް ލޮޕޭޒް އޮބްރާޑޯ ވިދާޅުވީ އޭގެ ތެރޭގައި މެކްސިކޯގެ ތިން މީހުން ހިމެނޭ ކަމަށެވެ.

މިދިޔަ ހަފްތާގައި ވެސް ފުރާވަރުގެ ފިރިހެން ކުއްޖަކު ވަނީ ކެލިފޯނިއާ ސްޓޭޓުގައި އޮތް ފެސްޓިވަލެއްގެ ތެރޭގައި ބަޑިން ހަމަލާދީ ތިން މީހުން މަރާލާފަ އެވެ.

މިއަދު ޓެކްސަސްގައި ދިން ހަމަލާއަކީ އެމެރިކާގެ ތާރީހުގައި ދިން އެފަދަ ނުރައްކާތެރި ބަޑީގެ ހަމަލާތަކުގެ ތެރެއިން އަށްވަނަ އަށް އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި އެގައުމުގެ މީޑިއާތަކުން ދަނީ ސިފަ ކުރަމުންނެވެ.
އެމެރިކާ
ހިޔާލު

ނަސްރު

"ގަންމޭން" ޓެރަރިސްޓެއް ނޫން، ބަޑިން ދިންހަމްލާ ޓެރަރިސްޓް ހަމާލާއެއްނޫން..